Advertisement

ތުރުކީގެ "މޭޑޭ" މުޒާހަރާއިން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ތުރުކީގައި ކުރިއަށްދިޔަ މޭޑޭ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އަސްލާން


ތުރުކީގެ "މޭޑޭ" މުޒާހަރާއިން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައު ތުރުކީގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

މުޒާހަރާ ހޫނުވީ ޓަކްސިމް ސްކުޔާއަށް ދިޔުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެ މައިދާނުގައި މުޒާހަރާކުރުން އޮންނަނީ މަނާކޮށްފަ އެވެ.

މޭޑޭގެ މުޒާހަރާގެ ކޮންޓްރޯލް ގެއްލި، ހަމަ ނުޖެހުން ބޮޑުވުމާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލްކުރަން ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފަ އެވެ.

މުޒާހަރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 40،000 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި އެވެ. އަދި ގިނަ މަގުތަކެއް އޮތީ ބަންދު ކޮށްފަ އެވެ.

ޓަކްސިމްގައި މުޒާހަރާކުރުން ތުރުކީން މަނާކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދެކޭ ގޮތުގައި އެ މުޒާހަރާ ކުރުން އެންމެ ހައްގީ އެތަނުގައި ކަމަށެވެ.

މިކަމާ ގުޅިގެން ތުރުކީގެ އިދިކޮޅު ޕާޓީ އަދި ބައެއް އާންމު ރައްޔިތުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އެ މައިދާނަށް އެއްވާން ފުރުސަތު ދޭން ޖެހޭ ކަމަށް ގޮވާލަމުންނެވެ.