Advertisement

ލޯބިވެރިޔާ ކައިރިއަށް ދާން، 14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައި މާލެ ގޮސްފި

1 މޭ 2024 - 22:38 1

ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗު: ވަގަށް ގެންދިޔައީ މި ލޯންޗު ----


ލޯބިވެރިޔާ ކައިރިއަށް ދާން، 14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައި މާލެ ގޮސްފި

1 މޭ 2024 - 22:38 1

މ. އަތޮޅު ރަށެއްގައި ދިރިއުޅޭ 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު، އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރަން އެ ރަށު ފަޅު ތެރޭގައި އޮތް ލޯންޗެއް ވަގަށް ނަގައިގެން ހުޅުމާލެއަށް އައިސްފި އެވެ.

އެނގިފައިވާ ގޮތުގައި އެއީ އެ އަތޮޅު ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެކެވެ. އެ ލޯންޗު ވަގަށް ނަގައިގެން އެ ކުއްޖަކު ހުޅުމާލެ އައީ ރޭ ދަންވަރެވެ.

ރަށު ކައުންސިލްގެ މުވައްޒަފަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި ހެނދުނު ބެލިއިރު ލޯންޗު ރަށު ފަޅުގައި ނެތުމުން ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ. އެ ފަހުން ފުލުހުން ހުޅުމާލެ ފަޅުން އެ ލޯންޗު ހޯދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ރަށުގަ އުޅޭ ކުޑަ ފިރިހެން ކުއްޖަކު، އެއީ 14 އަހަރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާއަށް އޭނާގެ އާއިލާގެ ތެރެއިން ގޯނާތަކެއް ލިބޭ ވާހަކަ އިވިގެން، އެ ކަން ޔަގީން ކުރަން، އެހެންވަންޏާ އެ ކަމުން ސަލާމަތް ކުރަން ކަމަށް،" ކައުންސިލް މުވައްޒަފު ބުންޏެވެ.

ފުލުހުން މި މައްސަލާގައި ރަސްމީކޮށް ބުނެފައިވަނީ ލޯންޗު ގެއްލިގެން މިއަދުގެ ވަގުތެއްގައި ރިޕޯޓް ކުރި ކަމަށާއި ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް ކައިރިން ލޯންޗު ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.