Advertisement

8 ބޯލް ޗެމްޕިއަންޝިޕްގެ ތަށި އަޒްރާ އާއި ސުވައިދު އަށް

1 މޭ 2024 - 22:37 0

8 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކުރި ކުޅުންތެރިންނާ އެކު، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިރު.--- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން


8 ބޯލް ޗެމްޕިއަންޝިޕްގެ ތަށި އަޒްރާ އާއި ސުވައިދު އަށް

1 މޭ 2024 - 22:37 0

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ކުރިއަށްގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އައިމިނަތު އަޒްރާ އާއި އިސްމާއިލް ސުވައިދު ހޯދައިފި އެވެ.

މާލޭ ބިލިއާޑް އެރީނާގައި ކުރިއަށްގެންދިޔަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް ދިޔައީ ފޯރިގަދަކޮށެވެ. އެ ގޮތުން، ފައިނަލުގައި އަޒްރާ ވަނީ ފޯރިގަދަ މެޗަކަށް ފަހު، 6-7 ފްރޭމުން އައިމިނަތު ހަލީމްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލުގައި، މުހައްމަދު ސާހިލް ހަމީދުގެ މައްޗަށް ސުވައިދު ކުރިހޯދީ 11-8 ފްރޭމުންނެވެ.

އެންމެ ގިނަ ރަން އައުޓް ހެދި ކުޅުންތެރިންނަކީ، ސުވައިދު އާއި ދީނާ އެވެ.

މުބާރާތުގެ ފައިނަލް މެޗުތަކާއި ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ.

މުބާރާތުގެ ރޭންކިން އަށް ބަލާއިރު، އަންހެން ކުޅުންތެރިންގެ ގަދަ ހަތަރެއްގައި ޗެމްޕިއަން، އަޒްރާ އާއި އައިމިނަތު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ދީނާ އަހުމަދު އެވެ. އަދި ހަތަރަކަށް ދިޔައީ، ފަގީހާ އިބްރާހިމް އެވެ.

ފިރިހެން ކުޅުންތެރިންގެ ގަދަ އަށަކަށް ބަލާއިރު، ޗެމްޕިއަން ސުވައިދު އާއި ރަނަރަޕް ސާހިލްގެ އިތުރުން ދެން ހިމެނެނީ ތިން ވަނަ އަށް ދިޔަ، އަހުސަން ހާޝިމް އާއި ހަތަރެއްގައި އޮތް ހަސަން ޝާޒް މުހައްމަދު އެވެ. މީގެ އިތުރުން، ފަސް ވަނަ އަށް، އިސްމާއިލް ޖީހާން ދިޔައިރު، ހަ ވަނަ އަށް ދިޔައީ މުހައްމަދު އަކްސަމް ވަހީދު އެވެ. އަދި ހަތް ވަނަ އަށް ހުސެއިން ފަޔާޒް ދިޔައިރު، އަށް ވަނަ ހޯދީ މުހައްމަދު ޝަރީފް އެވެ.