Advertisement

ޑިމޮކްރެޓްސް ގޮވާލީ ދައުލަތުގެ ވަޒީފާތަކުގައި ބިރު ދެއްކުން ހުއްޓާލަން

ޑިމޮކްރެޓްސް އިން ބޭއްވި ތަފާތު ޖަލްސާއެއް: މަސައްކަތްތެރިންގެ ދުވަހު ބަޔާނެއް ނެރެފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޑިމޮކްރެޓްސް ގޮވާލީ ދައުލަތުގެ ވަޒީފާތަކުގައި ބިރު ދެއްކުން ހުއްޓާލަން

ވަޒީފާގެ ބިރު ދެއްކުމުގެ ސަގާފަތް ނައްތާލުމަށް ފުރަތަމަ ވެސް ފަށަން ޖެހެނީ ދައުލަތުގެ އެކި ވަޒީފާތައް ހަވާލުކުރާ އިދާރާތަކާއި ކުންފުނިތަކުން ކަމަށް، އިދިކޮޅު ޕާޓީއެއް ގޮތުގައި ހަރަކާތްތެރިވާ ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިން ދުވަސް، މޭޑޭގެ މުނާސަބަތުގައި ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާގެ ބިރު ދެއްކުމުގެ އަޅުވެތިކަމުން ސަލާމަތްވެގެންވާ، ތިމާގެ ހަލާލު މަސައްކަތުން ފައިމައްޗަށް ތެދުވުމުގެ ބާރުވެރިކަން ހޯދައިދޭން ޖެހޭ ކަމަށެވެ.

ކޮންމެ ސަރުކާރެއްގައި ވެސް، ސަރުކާރުން ދޭ ވަޒީފާތަކުގައި ކުރިމަތިވާ ވަޒީފާގެ ބިރު ދެއްކުމާއި ސިޔާސީ ގޮތުން ވެސް ބިރު ދެއްކުމުގެ މާހައުލު އުފެދޭ ކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

"ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު ނެތް ގައުމަކަށް ހެދުމަށް، ދައުލަތުގެ ވަޒީފާއަދާކުރާ ފަރާތްތަކަށް އޮންނަ ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު އެންމެ ފުރަތަމަ ނައްތާލުމަކީ އެހެން ހުރިހާ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ މާހައުލު ނިމުމަކަށް ގެނައުމަށް ކޮންމެހެން މުހިއްމު ކަމެއްކަމަށް މި ޕާޓީން ދެކެމެވެ." ޑިމޮކްރެޓްސް އިންް ބުނެފި އެވެ.

ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ސަރުކާރުގައި އޭރުގެ ސަރުކާރުގެ ވެރިންނާއި ޕާޓީގެ ލީޑާޝިޕާ މެދު ހިތްހަމަނުޖެހުނު އިސް ބޭފުޅުންތަކަކާއި ސަޕޯޓަރުންތަކެއް އެ ޕާޓީން ވަކިވެ އުފެއްދި ޕާޓީއެކެވެ. އޭގައި އިސްކޮށް އުޅުއްވީ އެމްޑީޕީގެ ބާރުވެރިކަން ގެއްލުނު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިންނެވެ.