Advertisement

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހުގެ އެއް ވަނަ ދުވަހު

1 މޭ 2024 - 15:34 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސްވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރު: ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ވަނީ ތާވަލުކޮށްފައި.--- ފޮޓޯ: އަދަދު


ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހުގެ އެއް ވަނަ ދުވަހު

1 މޭ 2024 - 15:34 1

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށާއި މެމްބަރުންނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އިންތިހާބީ ޖަލްސާ ތާވަލުކުރެވިފައިވަނީ ސޯޝަލް ސެންޓަރު ހަރުގޭގައި ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ޖަލްސާގެ ރެޖިސްޓްރޭޝަން ކަންކަން ފެށޭނީ ހެނދުނު 10:30 ގައި ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

އިންތިހާބުގެ ގަވާއިދުގައި ހިމެނޭ މުހިންމު ކަންތައްތަކަށް ބަލާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ކުރިމަތިނުލާނަމަ، 14 މެއި ގައި އަލުން ހުޅުވާލުމަށް ފަހު، 16 މެއިގެ 13:00 ގައި ފުރުސަތު ބަންދުވާނެ އެވެ.

އިންތިހާބުގައި ވޯޓު ލުމަށް ވޯޓާސް ރަޖިސްޓްރީގައި ހިމެނުމަށް 2024 ވަނަ އަހަރުގެ މެމްބަޝިޕް ފީ ދެއްކުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 12 ވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ. ވޯޓާސް ލިސްޓުގައި މައްސަލަައެއްވާނަމަ އެ ކަން ހުށަހަޅަން ދޭ މުއްދަތު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ 13:00 އާ ހަމައަށެވެ.

އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅާ ފަރާތްތަކުގެ ނަން އިއުލާނުކުރަން ކަނޑައަޅާފައިވާ ތާރީހަކީ މި މަހުގެ 17 އެވެ.

އާ ހިންގާ ކޮމިޓީގެ ދައުރު ފެށޭނެ ތާރީހަކަށް ކަނޑައަޅާފައިވަނީ، ޖުލައި 25 އެވެ. ސްވިިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަމުން އަންނަނީ، އޮލިމްޕިކް ކޮމިޓީގެ ވެސް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ. ދާދި ފަހުން ސައްތާރު ވަނީ، އޭޝިއާ އެކުއަޓިކްސް ބިއުރޯގެ މަގާމަކަށް އިންތިހާބުވި ފުރަތަމަ ދިވެއްސަކަށް ވުމުގެ ޝަރަފް ހޯދައިފަ އެވެ.