Advertisement

މީޑިއާތަކަށް އިންޒާރު ދޭ މައްސަލަ ބްރޯޑްކޮމް އާއި އެމްޖޭއޭއިން ވެސް ކުށްވެރިކޮށްފި

30 އޭޕްރީލް 2024 - 23:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޖޭއޭގެ ހިންގާ ކޮމިޓީ : މީޑިއާތަކަށް އިންޒާރު ދޭ މައްސަލަ ބްރޯޑްކޮމް އާއި އެމްޖޭއޭއިން ކުށްވެރިކޮށްފި - ފޮޓޯ: އެމްޖޭއޭ


މީޑިއާތަކަށް އިންޒާރު ދޭ މައްސަލަ ބްރޯޑްކޮމް އާއި އެމްޖޭއޭއިން ވެސް ކުށްވެރިކޮށްފި

30 އޭޕްރީލް 2024 - 23:36 0

ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ އެ ދެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ކުށްވެރިކޮށް، އެ މައްސަލަތައް ބެލުމަށް ގޮވާލައިފި އެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވަނީ މި ފިނޑި އަމަލު ކުށްވެރި ކުރާ ކަމަށާއި މިފަދަ އިންޒާރުތަކެއް ނޫސްވެރިންނާއި މީޑިއާތަކަށް އަންނަ ނަމަ ނޫސްވެރިން މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އެޅި، މުޅި ނޫސްވެރިކަމަށް ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށެވެ.

ވަގު އެކައުންޓުތަކުން އިންޒާރު ދިން ނަމަވެސް "މިއީ، ސަަމާސާއެއް ކަމަށް ނުބަލައި، ސީރިއަަސް މައްސަލައެއްގެ ގޮތުގައި ނަގައި، އެމްޖޭއޭއިން އިދާރާތަކަށް ގޮވާލަނީ، މި ކަން ކުރި ބަޔަކު ހޯދައި، މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގު" ކުރުމަށް އެމްޖޭއޭއިން ގޮވާލާފައިވެ އެވެ.

ބްރޯޑްކޮމްގެ ބަޔާނުގައި ވެސް މި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެ އެވެ.

"ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދަމަހައްޓާ، އާލާކުރުމަކީ ބްރޯޑްކާސްޓުކުރުމުގެ ގާނޫނުން މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ އެންމެ މުހިންމު މަގުސަދު،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ރާއްޖޭ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ، ލައިޝާ އަހުމަދުއަށް އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ މެސެޖުގައި ލައިޝާއަށް ނިސްބަތްކޮށް ވެސް "މިފަހަރު ހޭއަރުވައިލާނަން" ކަމަށް ލިޔެފައި އޮތެވެ.

ޗެނަލް 13 އަށް އިންޒާރު ދީފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އާދީއްތަ ދުވަހު މީހަކު ދިން އިންޒާރުގެ ހަބަރު ތޭރަ އޮންލައިންގައި ޝާއިއު ކުރުމުން، އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގަ އެވެ.

މި މައްސަލަތައް ސަރުކާރުންވެސް ކުށްވެރިކޮށްފައިވާއިރު، އިންޒާރު ދޭ މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފަ އެވެ.

"މީހުންނާއި ތަކެއްޗަށް، ހާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ މި ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ތަހުގީގުކުރަމުން ގެންދާ މައްސަލަ ތަކެއް،" ފުލުހުން ބުނެފައިވެ