Advertisement

އައިއެމްއެފްއިން ޕާކިސްތާނަށް 1.1 ބިލިއަން ޑޮލަރުގެ ދެނީ

ޮޕާކިސްތާނުން އައިއެމްއެފްއާ ބައްދަލުކުރުން: ޕާކިސްތާނަށް 1.1 ބިލިއަން ޑޮލަރު ދޫކުރަން ވަނީ ނިންމާފައި -- ފޮޓޯ: ޕާކިސްތާން ޕްރައިމް މިނިސްޓާސް އޮފީސް


އައިއެމްއެފްއިން ޕާކިސްތާނަށް 1.1 ބިލިއަން ޑޮލަރުގެ ދެނީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ޕާކިސްތާނަށް 1.1 ބިލިއަން ޑޮލަރު ދޫކުރަން އެއްބަސްވެއްޖެ އެވެ.

މާލީ ދަތިކަން ދިމާވެފައިވާ ޕާކިސްތާނަށް ދޭ 1.1 ބިލިއަން ޑޮލަރަކީ އެ ގައުމާއެކު އައިއެމްއެފްއިން މިދިޔަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ދޫކުރާ ތިން ބިލިއަން ޑޮލަރުގެ ތެރެއިން މިހާރު ބާކީ ނުދެވި ހުރި އަދަދެވެ.

އައިއެމްއެފްއިން ވަނީ ޕާކިސްތާނުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ހާލަތު ބަދަލު ކުރުމަށް އެ ގައުމަށް ދޭން ޖެހޭ ލަފާތައް ވެސް ދީފަ އެވެ.

ޕާކިސްތާނުގެ ދަރަނި 130 ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައި ވާއިރު، ލޯނުގެ ގޮތުގައި އައިއެމްއެފްއިން ހޯދި ފައިސާގެ ތެރެއިން ޖުމްލަ މިހާތަނަށް ހަތް ބިލިއަން ޑޮލަރު ނުދެވި އެބަ އޮތެވެ.

ޕާކިސްތާނުގެ ހާލަތު ރަނގަޅު ނުވެ އެ ގައުމުން ފުލުފުލުގައި ލޯނު ނަގަމުންދާތީ ގިނަ ބަޔަކު އެކަމާ އަންނަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތައް ހިމެނެ އެވެ.