Advertisement

ސަރަހައްދީ ދިފާއާ ބެހޭ ގޮތުން އެމެރިކާއިން ބޭއްވި މަޝްވަރާގައި ރާއްޖެއިން ބައިވެރިވެއްޖެ

30 އޭޕްރީލް 2024 - 15:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަރަހައްދީ ދިފާއާ ބެހޭގޮތުން އެމެރިކާއިން ބޭއްވި މަޝްވަރާގެ ތެރެެއިން - ފޮޓޯ: އެމެރިކާ އަސްކަރިއްޔާ


ސަރަހައްދީ ދިފާއާ ބެހޭ ގޮތުން އެމެރިކާއިން ބޭއްވި މަޝްވަރާގައި ރާއްޖެއިން ބައިވެރިވެއްޖެ

30 އޭޕްރީލް 2024 - 15:52 0

ސަރަހައްދީ ދިފާއާ ބެހޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ އެކުވެރި ގައުމުތަކާއެކު ބޭއްވި އަސްކަރީ މަޝްވަރާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.

މިކަމާ ގުޅިގެން ހިލްމީގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓެއް ކުރެއްވި ނަމަވެސް މި މަޝްވަރާތަކުގެ އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

މި އަހަރުގެ މަޝްވަރާތައް ޗެއާ ކުރެެއްވީ އެމެރިކާ އަސްކަރިއްޔާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު، އެޑްމިރަލް ޖޯން ސީ އެކުލީނޯ އެވެ.

އެމެރިކާ ސަރުކާރުން އާންމުކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުން މިއަހަރުގެ މަޝްވަރާތަކުގައި ޖުމްލަ 27 ގައުމެއްގެ އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވި އެވެ. އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގައުމުތަކުން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން އެކުލީނޯ ފާހަގަކުރެއްވި ކަމަށް ވެސް އެމެރިކާ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ގައުމުތަކުގެ މެދުގައި ބާއްވާ އިން ޕާސަން މަޝްވަރާތަކެއް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ވަނީ ތާވަލުކޮށްފަ އެވެ.