Advertisement

ފޯކައިދޫއަށް ވަރަށް ބޯކޮށް ވާރޭ ވެހި ގިނަ ގެތަކަށް ފެން ވަދެއްޖެ

30 އޭޕްރީލް 2024 - 14:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ށ. ފޯކައިދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، 15 އަށްވުރެ ގިނަ ގެއަށް ފެން ވަނުން -- ފޮޓޯ: ފޯކައިދޫ ކައުންސިލް


ފޯކައިދޫއަށް ވަރަށް ބޯކޮށް ވާރޭ ވެހި ގިނަ ގެތަކަށް ފެން ވަދެއްޖެ

30 އޭޕްރީލް 2024 - 14:57 0

ށ. ފޯކައިދޫއަށް ވަރަށް ބޯކޮށް މިއަދު ވާރޭ ވެހި، އެ ރަށުގެ ވަރަށް ގިނަ ގެތަކަށް ފެން ވަދެއްޖެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ މީޑިއާ އޮފިޝަލް އަލީ އާސިރު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފޯކައިދޫއަށް ބޯކޮށް ވާރޭވެހި ފެން ހިންދުމުގެ މަސައްކަތް ޕަމްޕް ޖައްސައިގެން ފުލުހުންނާއި ކައުންސިލް އަދި ރައްޔިތުން ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފޯކައިދޫ ކައުންސިލުގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ ފެންބޮޑުވީ މިއަދު މެންދުރު ގަޑިއެއްހާއިރު ވެހުނު ބޯ ވާރޭގައި ކަމަށެވެ. ފަހުގެ ތާރީހެއްގައި މިހާ ބޯކޮށް އެ ރަށަށް ވާރޭ ވެހިފަ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ގެއިން ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވޭ. ނަމަވެސް މީހުން ބަދަލު ކުރަން އަދި ނުޖެހޭ. ނަމަވެސް ފެން އެއްކޮށް ހިއްކާ ނުނިމޭނަމަ މިރޭ ބަދަލު ކުރަން ޖެހިދާނެ،" އާސިފް ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުން އަންނައިރު، ގެއްލުންތައް ވެސް އަންނަނީ ވަމުންނެވެ. މިގޮތުން އެންޑީއެމްއޭއިން އަންނަނީ އެ ގެއްލުންތައް އެއްކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް 17:00 ޖެހުމާ ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ރީނދޫ އެލާޓް ނެރެފަ އެވެ.