Advertisement

ގެއްލުނު މީހާ ކޮޅުވެއްޓި ދަށުގައި މަރުވެފައި އޮއްވާ ފެނިއްޖެ

30 އޭޕްރީލް 2024 - 10:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންޑުން ޖަހާލި ކޮޅުވެއްޓި: ގެއްލުނު މީހާ ކޮޅުވެއްޓި ދަށުގައި މަރުވެފައި އޮއްވާ ފެނިއްޖެ --- ފޮޓޯ: އެމްއެންޑީއެފް


ގެއްލުނު މީހާ ކޮޅުވެއްޓި ދަށުގައި މަރުވެފައި އޮއްވާ ފެނިއްޖެ

30 އޭޕްރީލް 2024 - 10:53 0

ރޭ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ، އެ ކޮޅުވެއްޓީގެ ދަށުގައި ތާށިވެ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު ބުނި ގޮތުގައި "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ދަށުން އެ މީހާ ފެނުނީ ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ. ފެނުނުއިރު އެ މީހާގެ އެއްވެސް ހަރަކާތެއްނެތް ކަމަށް ވެސް ސިފައިން ބުންޏެވެ.

އެ މީހާގެ މަރު ސާބިތުކުރަށް ކާށިދޫ ސިއްހީ މަރުކަޒަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. މައުލޫމާތު ލިބެނީ އެ މީހާއަކީ ބިދޭސީއެއް ކަމަށެވެ.

އެ ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު އޭގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތަރު މީހަކު ކަނޑުވެފައި ތިއްބާ ރޭ ފަތިހު ވަނީ ސަލާމަތްކޮށްފަ އެވެ.

އިއްޔެ ރާއްޖޭގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވި އެވެ. އަދި މެޓު އޮފީހުން އޮތީ ބޮޑު ހިސާބަކަށް ހުދު އެލާޓު ނެރަފަ އެވެ.