Advertisement

އިންޑިއާގެ ޖައްމު އާއި ސްރީނަގަރް ހައިވޭގެ ބިންގަނޑު ކަނޑައިގެން ގޮސްފި

30 އޭޕްރީލް 2024 - 08:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަޝްމީރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން -- ފޮޓޯ: ކަޝްމީރް ނިއުސް


އިންޑިއާގެ ޖައްމު އާއި ސްރީނަގަރް ހައިވޭގެ ބިންގަނޑު ކަނޑައިގެން ގޮސްފި

30 އޭޕްރީލް 2024 - 08:24 0

ބޯކޮށް ވާރޭވެހި އިންޑިއާގެ ޖައްމުއާއި ސްރީނަގަރް ހައިވޭގެ ބިންގަނޑު ކަނޑައިގެން ގޮސްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ކަޝްމީރަށް ދާން އޮންނަ ހަމައެކަނި މަގުގެ އެކި ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށާއި އަދި ބައެއް އެހެން ޑިސްޓްރިކްޓުތަކުގައި ވެސް ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ހައިވޭގެ އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތަށް ހުރަހަކަށް ވެސް ވެފައި ވަނީ ބޯކޮށް ވެހެމުންދާ ވާރޭ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް ޑިސްޓްރިކްޓްތަކުގެ މަގުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ.