Advertisement

ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު" ގައި ބައިވެރިވުމަށް ހުޅުވާލައިފި

29 އޭޕްރީލް 2024 - 21:23 0

އަތޫފް އާތިފް

އަތޫފް އާތިފް

މިދިޔަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖްގެ ތެރެއިން.--- ފޮޓޯ: އަދަދު


ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު" ގައި ބައިވެރިވުމަށް ހުޅުވާލައިފި

29 އޭޕްރީލް 2024 - 21:23 0

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު" އަންނަ މަހު ބާއްވަން ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ބޮޑީބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ) އިން ހުޅުވާލައިފި އެވެ.

މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ 27 -31 ގެ ނިޔަލަށެވެ.

އެމްބީބީއޭ އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި, މުބާރާތުގެ ބައިވެރިވުމުގެ ފަހު ތާރީހަކީ އަންނަ މޭ މަހުގެ 22 ވަނަ ދުވަސް ކަމަށެވެ.

މިދިޔަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ފާހަގަކުރެވުނީ ފަހަކަށް އައިސް ބޭއްވުނު އެންމެ ވާދަވެރި ލޯކަލް މުބާރާތުގެ ގޮތުގަ އެވެ. މިގޮތުން އޯޕަން ބައިގައި ކޮންމެ ހީޓެއްގައިވެސް ވާދަވެރި ހުނަރުތަކެއް ފެނުނެވެ. ސްކޯތަކަށް ބަލާއިރު ކުއާޓާ ފައިނަލާ ހިސާބުން ފެށިގެން އެއްވެސް ހީޓެއް ތަފާތު ބޮޑުކޮށް ނިމިފައެއް ނުވެ އެވެ. ހުރިހާ ހީޓެއްވެސް ނިމިފައިވަނީ ކުޑަ ތަފާތުތަކަކުންނެވެ.

މިދިޔަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިންގް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން އެވެ. އަޝްރަފް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ބަލިކުރުމަށް ފަހުގަ އެވެ.

ބުރުނު ޝިކާރު އަށް ފަހު ގައުމީ ލީގުގެ ދެވަނަ މުބާރާތް ރަނދާ ބޮޑީބޯޑިން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 8-14 އަށެވެ.

ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 20 އިން 28 އަށެވެ. ގައުމީ ލީގުގެ ފަހު މުބާރާތް ބަނޑުފިލާ ޗެލެންޖު ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 18 އިން 24 އަށް މާލޭގަ އެވެ.