Advertisement

ހަމްނާ އަށް ވެސް މެލޭޝިއާ މުބާރާތުން ގައުމީ ރެކޯޑެއް

29 އޭޕްރީލް 2024 - 11:57 0


ހަމްނާ އަށް ވެސް މެލޭޝިއާ މުބާރާތުން ގައުމީ ރެކޯޑެއް

29 އޭޕްރީލް 2024 - 11:57 0

މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ރާއްޖޭގެ ހަމްނާ އަހުމަދު ގައުމީ ރެކޯޑެއް ހަދައިފި އެެވެ.

މި މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ފެތުންތެރިން ވަނީ ހަތަރު ގައުމީ ރެކޯޑެއް މުުގުރާލައިފަ އެެވެ.

އެ ގޮތުން، އެންމެ ފަހުން ރެކޯޑެއް ހަދާފައިވަނީ، ރާއްޖޭން ބޭރުގައި މި ވަގުތު ސްކޮލަޝިޕެއް ފުރިހަމަ ކުރަމުން އަންނަ ފެތުންތެރިޔާ، ހަމްނާ އެވެ.

އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ހަމްނާ، އާކޮށްފައި ވަނީ 01:17.69 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ރެކޯޑް މީގެ ކުރިން ވެސް އޮތީ ހަމްނާ އަތުގަ އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގެ އިވެންޓްގައި ވާދަކޮށްގެންނެވެ. ހަމްނާ އެ ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ 01:18.17 އެވެ.

މެލޭޝިއާ މުބާރާތުގައި ދެން ރެކޯޑް ހެދި ފެތުންތެރިންނަކީ، ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓާއި ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ހެދި، މުހައްމަދު ރިހާން ޝިހާމް އާއި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ހެދި ހަނާން ހުސެއިން ހަލީމް އެވެ.