Advertisement

ހޫނު ގަދަވުމުން ބަންގްލަދޭޝްގެ ސްކޫލުތައް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

30 އޭޕްރީލް 2024 - 06:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޫނުވެގެން ބަންދުކުރި ބަންގްލަދޭޝްގެ ސްކޫލްތައް ހުޅުވުން -- ފޮޓޯ: އޭއެފްޕީ


ހޫނު ގަދަވުމުން ބަންގްލަދޭޝްގެ ސްކޫލުތައް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

30 އޭޕްރީލް 2024 - 06:26 0

ހޫނުގަދަވެގެން ބަންގްލަދޭޝްގެ ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ނިންމާފައި ވަނިކޮަށް، އެ ނިންމުން ކޯޓުން ބާތިލުކޮށް، މެއި 2 ވަނަ ދުވަހާ ހަމައަށް ސްކޫލުތައް ބަންދުކޮށްފައި ބެހެއްޓުމަށް އެ ގައުމުގެ ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބައިބޯ އެއް ގައުމުކަމުގައިވާ ބަންގްލަދޭޝްގެ ސްކޫލުތައް ބަންދުކުރީ އޭޕްރީލް 21، ގަ އެވެ.

ނަމަވެސް، އެއާ ކޮންޑިޝަން ކޮށްފައި ހުރި ސްކޫލުތައް، އެ ސްކޫލަކުން ބޭނުންވެއްޖެ ނަމަ ހުޅުވުމުގެ ހުއްދަ އާދީއްތަ ދުވަހު ބަންގްލަދޭޝްގެ އެޑިއުކޭޝަން މިނިސްޓްރީން ދިނެވެ.

ބަންގްލަދޭޝްގެ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ ގައުމުގައި މިހާރު ފެތުރެމުންދާ ހީޓު ވޭވުގެ ސަބަބުން، ޕްރައިމަރީ، ސެންޑަރީ ސްކޫލުތަކާއި މަދަރުސާތައް ބަންދުކުރުމަށެވެ.

ގަދަ ހޫނުގެ ސަބަބުން 32 މިލިއަން ދަރުވަރުން ތިބެންޖެހިފައިވަނީ ގޭގަ އެވެ. ގޭގައި ތިބެގެން ކިޔެވުން ކުރިއަށް ގެންދަން ދަތިވި ނަމަވެސް، އެ ދިލަ ހޫނުގައި ދަރިވަރުން ކިޔަވަން ފޮނުވުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް ބައެއް ބެލެނިވެރިން ވަނީ ބުނެފަ އެވެ.

ދެކުނު އޭޝިއާގައި ފާއިތުވި 75 އަހަރު ހޫނުމިން މައްޗަށް ނުދާ މިންވަރަށް މި އަހަރު ހޫނުމިން މައްޗަށް ގޮސްފައި ވާއިރު، ބަންގްލަދޭޝްގައި ވަނީ ކުރިއަށް އޮތް ތިން ދުވަހަށް އެލާޓު ވެސް ނެރެފަ އެވެ.

ބަންގްލަދޭޝްގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އެ ގައުމުގައި މޫސުމާބެހޭ މައުލޫމާތު، 1948 ވަނަ އަހަރުން ފެށިގެން ނަގަން ފެށި ފަހުން މި މިންވަރަށް ހޫނު ގަދަވެފައެއް ނުވެ އެވެ.