Advertisement

ޕީއެސްޖީން 11 އަހަރު ތެރޭ 10 ވަނަ ފަހަރަށް ލީގު ހޯދައިފި

29 އޭޕްރީލް 2024 - 09:51 0


ޕީއެސްޖީން 11 އަހަރު ތެރޭ 10 ވަނަ ފަހަރަށް ލީގު ހޯދައިފި

29 އޭޕްރީލް 2024 - 09:51 0

ޕެރިސް (އޭޕްރީލް 29) - ފްރެންޗް ލީގުގައި ރޭ ލިޔޯން އަތުން 3-2 އިން ދެ ވަނައިގައި އޮތް މޮނާކޯ ބަލިވުމާ އެކު، އެއް ވަނައިގައި އޮތް ޕީއެސްޖީން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި އެވެ.

މިއީ، ފާއިތުވި 11 އަހަރު ތެރޭ ޕީއެސްޖީން ލީގު ހޯދި 10 ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ.

ލީގުގެ އެއް ވަަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާކީ ތިން މެޗު އޮއްވައި، ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދީ 31 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޮނާކޯ އަށް 31 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.

ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އަމިއްލަ ދަނޑުގައި ލެ ހާވްރޭއާ 3-3 އިން އެއްވަރުވުމުން ޖެހުނީ މަޑުކުރާށެވެ. މިއީ، ލެ ހާވްރޭ އިން ލީގު މެޗެއްގައި ޕީއެސްޖީ ކޮޅަށް ތިން ގޯލު ޖެހި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެކަން ހާސިލްކުރީ 1999 ވަނަ އަހަރު އެވެ.

ލުއިސް އެންރީކޭގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޕީއެސްޖީން ސީޒަނުގެ ތިން މުބާރާތަށް އަމާޒުހިފާފައިވާއިރު، އެ ޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ކުޅޭނީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.