Advertisement

ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދީފި

29 އޭޕްރީލް 2024 - 11:44 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖެ ޓީވީގެ ސްޓޫޑިއޯ: ނޫސްވެރިޔާ ލައިޝާއަށް ވެސް އިންޒާރުދީފައިވޭ -- ފޮޓޯ: ރާއްޖެ ޓީވީ


ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދީފި

29 އޭޕްރީލް 2024 - 11:44 2

ރާއްޖެ ޓީވީގެ ދުވަސް ދުއްވައިލާނެ ކަމަށާއި ހުޅު ޖަހާނެ ކަމަށް ބުނެ އެ ސްޓޭޝަންގެ ނޫސްވެރިޔަކަށް ސޯޝަލްމީޑިއާގައި މީހަކު އިންޒާރު ދީފި އެވެ.

ރާއްޖޭ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ، ލައިޝާ އަހުމަދުއަށް އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ މެސެޖުގައި ލައިޝާއަށް ނިސްބަތްކޮށް ވެސް "މިފަހަރު ހޭއަރުވައިލާނަން" ކަމަށް ލިޔެފައި އޮތެވެ.

ކާކުކަން ނޭނގޭ އައިޑީއަކުން ދިން އެ އިންޒާރުގައި ބުނެފައި ވަނީ "މިއީ އަހަރުމެންގެ ވެރިކަން" ކަމަށެވެ.

ރާއްޖެ ޓީވީގައި މީގެ ކުރިން ހުޅުޖެހި ވަގުތު އެތަނުގެ ސީސީޓީވީއަށް އަރާފައި ހުރި މަންޒަރު


އެކަމާ ގުޅިގެން ފުލުހުންގެ ކޮމެންޓެއް ހޯދުމަށް ގުޅުމުން ބުނީ "ތިކަހަލަ މައްސަލައެއް އަދި ހުށަހެޅިފައެއް ނެތް،" ކަމަށެވެ.

ރާއްޖެޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފައިވާއިރު، މީގެ ކުރިން ރައީސް ވަހީދު ވެރިކަމުގެ ފަހުކޮޅު ވެސް ވަނީ އެ ސްޓޭޝަނުގައި ހުޅުޖަހައި އަންދާލައިފަ އެވެ.

މީގެ 10 އަހަރު ކުރިން، އޮކްޓޯބަރު، 2013، ގައި ރާއްޖެ ޓީވީގައި ހުޅުޖެހުމުން އެ ސްޓޭޝަން އޭރު ހިންގި ބީކޭޓީ ބިލްޑިންއަށާއި ރާއްޖެ ޓީވީގެ ގިނަ ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖެ ޓީވީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ.

އެ ސްޓޭޝަނުގައި އެފަހަރު ރޯކޮށްލީ ވެސް އެތައްފަހަރަކު އިންޒާރު ދިނުމަށްފަހު ކަމަށް ރާއްޖެ ޓީވީގައި މަސައްކަތް ކުރި މުވައްޒަފުން އޭރު ބުނެފައިވެ އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލިކަމުގެ ދައުވާ ދައުލަތުން ކުރި، ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދެ އަހަރަށް ޖަލަށް ލުމަށް ވަނީ ޑިސެމްބަރު 16، 2021 ގައި ހުކުމް ކޮށްފަ އެވެ.