Advertisement

ވިންގްސް ފޯ ލައިފް ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

28 އޭޕްރީލް 2024 - 19:07 0

ރެޑްބުލް ވިންގްސް ފޯ ލައިފް ރަންގެ ތެރެއިން - ފޮޓޯ: ރެޑްބުލް ޕޫލް


ވިންގްސް ފޯ ލައިފް ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

28 އޭޕްރީލް 2024 - 19:07 0

ރެޑްބުލް ވިންގްސް ފޯ ލައިފް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް ރާއްޖޭގައި މި ފަހަރު ބާއްވަން ނިންމާފައިވަނީ މޭ 5 ވަނަ ދުވަހު އެވެ. ރާއްޖޭގެ އިތުރުން އެ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވުން ކުރިއަށް ދާނެ އެވެ.

ރެޑްބުލް އިން ބުނީ މި ދުވުމުގެ މަގުސަދަކީ އެކްސިޑެންތަކުގައި އާއި އަދި އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން ދުވުމަށް ނުކުޅެދޭ މީހުންނަށް ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ހިތްވަރެއް ދިނުން ކަމަށެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން އެންޓްރީ ފީ ގެ ގޮތުގައި ދައްކާ ފައިސާ ހަދިޔާ ކުރަން ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށް ރެޑްބުލް އިން ބުންޏެވެ.

ރެޑްބުލް އިން މި ހަރަކާތް މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔަ އެވެ. މިދިޔަ އަހަރުގެ ރެޑްބުލް ވިންގްސް ފޯ ލައިފް ރަންގައި ދުނިޔޭގެ އެކި ހިސާބުތަކުން ދެ ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.