Advertisement

ޑިސްކައުންޓާއެކު ހަސަން މެރިންގެ ކުޑަބޮޑު ސޭލް ފަށައިގެން ކުރިއަށް

28 އޭޕްރީލް 2024 - 19:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޑިސްކައުންޓާއެކު ހަސަން މެރިންގެ ކުޑަބޮޑު ސޭލް ފަށައިގެން ކުރިއަށް

28 އޭޕްރީލް 2024 - 19:10 0

ޑިސްކައުންޓާއެކު ހަސަން މެރިންގެ ކުޑަބޮޑު ސޭލް ފަށައިފި އެވެ.

ހަސަން މެރިންއިން ބުނީ ކުޑަބޮޑު ސޭލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖޫން، 30 ގެ ނިޔަލަށް ކަމަށެވެ.

ސޭލްގެ ދަށުން މާކިއުރީ ކުރިން 148،000ރ. އަށް ދޭ ސީޕްރޯ 60 ހޯސްޕަވާގެ އިންޖީނު 140،000ރ. އަށް އަންނަނީ ވިއްކަމުންނެވެ. އަދި މާކިއުރީ ވެރާޑޯ 400 ހޯސްޕަވާ އިންޖީނު އަދި ސީޕްރޯ 300 ހޯސްޕަވާ އިންޖީނުން 8 ޕަސަންޓުން ޑިސްކައުންޓެއް ސޭލްގެ ދަށުން އަންނަނީ ދެމުންނެވެ.

ދޭތެރެ ދޭތެރެއިން ހަސަން މެރިންއިން ސޭލްތައް ކުރިއަށް ގެންދާއިރު، ރޯދަ މަހު ކުރިއަށް ގެންދިޔަ ސޭލްގައި 30 ޕަސަންޓާ ހަމައަށް އެ ކުންފުނިން ޑިސްކައުންޓު ދިނެވެ.

މާކިއުރީގެ ރާއްޖޭގެ އޮތޮރައިޒްޑް ސޭލްސް އެންޑް ސާވިސް ޑިސްޓްރިބިއުޓާ ހަސަން މެރިން އަކީ ރާއްޖޭގެ ކުއިކްސިލްވާ މެރިން، މަލްޓިފްލެކްސް، އަކުއާ މެރީނާ، އެންޖީކޭ، ތޯޑޮން، އަޓްވުޑްގެ އޮފިޝަލް ޑިސްޓްރިބިއުޓަރެވެ.