Advertisement

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދިޔަ ކާރެއް ފުރޮޅާލައިފި

24 އޭޕްރީލް 2024 - 08:36 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން: ކާރު ވަނީ ފުރޮޅާލާފައި -- ފޮޓޯ: އެކްސް


ހުޅުމާލޭގައި ބާރު ސްޕީޑުގައި ދިޔަ ކާރެއް ފުރޮޅާލައިފި

24 އޭޕްރީލް 2024 - 08:36 1

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިފި އެވެ.

ފުލުހުން ބުނީ މިއަދު ފަތިހު 5:35 ގައި މި އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ" ފުލުހުން ބުނެ އެވެ.

ކާރު ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ސެންޓްރަލް ޕާކް ސަރަހައްދުގައި ވަށައިގެން އޮންނަ މަގުގައި ދުއްވަމުން ދަނިކޮށެވެ. ފުރޮޅާލައިގެން ގޮސް ކާރު ޖެހިފައި އޮތީ ސެންޓްރަލް ޕާކުގެ އެތެރެއަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ކާރު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ކާރު ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފަ އެވެ.