24 އޭޕްރީލް 2024 - 00:04 1
އަހުމަދު އާއިދު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތިތަކެއް : މަސްތުވާތަކެތީގެ ބުލެޓުތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ މިހާރު ދަނީ އައިސީޔޫގައި ފަރުވާދެމުން - ފޮޓޯ: މުހައްމަދު ޝަހްޒާން / އަދަދު
24 އޭޕްރީލް 2024 - 00:04 1
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައިހުރި ބުލެޓުތަކެއް ދިރުވާލައިގެން އުޅުނު މީހަކު ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ހާލު ދެރަވެގެން ފަރުވާދެމުންދަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ދިވެހި ފިރިހެނަކަށް ކަމަށެވެ. އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރުމަށް ހަރަކާތްތެރިވި އޮފިޝަލުންނަށް ތުހުމަތުކުރެވިގެންނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން އިތުރަށް ބުނި ގޮތުގައި ހާލު ދެރަވި މީހާގެ އާއިލާއަށް މިހާރު ވަނީ މިކަމުގެ މައުލޫމާތު ދީފަ އެވެ. ނަމަވެސް އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ.
އާއްމު ގޮތެއްގައި ހަށިގަނޑު ތެރޭ ފޮރުވައިގެން މިގޮތަށް މަސްތުވާތަކެތި ގެންގުޅެނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއް ގައުމުން އަނެއް ގައުމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށެވެ. މިފަދަ ކަންކަމުގެ ތެރެއިން ބުލެޓުތައް ފަޅައިގެންގޮސް ނުވަތަ ލީކުވެގެން މީހުންގެ ފުރާނައަށްވެސް ނުރައްކާވެފައިވެ އެވެ.
Comment