Advertisement

އަލް ނަސްރުން ޑި ބްރޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަނީ

23 އޭޕްރީލް 2024 - 17:22 0


އަލް ނަސްރުން ޑި ބްރޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަނީ

23 އޭޕްރީލް 2024 - 17:22 0

ރިޔާދު، ސައުދީ އަަރަބިއްޔާ (އޭޕްރީލް 23) - މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާގެ ސޮއި ހޯދަން އަލް ނަސްރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ވެސް ޑި ބްރޭނާގެ ސޮއި ހޯދަން އަލް ނަސްރުން ވަނީ ބިޑްކޮށްފަ އެވެ. އެކަމަކު އެ ފަހަރު ސިޓީ އިން ޑި ބްރޭނާ ވިއްކާލުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.

އެކަމަކު، މި ސީޒަނުގެ ބޮޑު ބަޔެއް އަނިޔާގެ ސަބަބުން ގެއްލުނު ޑި ބްރޭނާ ވިއްކާލަން ސިޓީ އިން މިހާރު އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންވެ، އަންނަ ޓްރާންސްފާ މާކެޓުގައި އަލް ނަސްރުގެ އެންމެ ބޮޑު ޓާގެޓަކީ ޑި ބްރޭނާގެ ސޮއި ހޯދުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީ އިން ޑި ބްރޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާނެ އެވެ. އެހެންވެ, ސިޓީ އިން ވަނީ ޑި ބްރޭނާގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާކުރުމަށެވެ.

ޑި ބްރޭނާގެ ޑިމާންޑަކީ ކޮންޓްރެކްޓްގައި އިތުރު ދެ އަހަރު ހެދުމެވެ. އެކަމާ ސިޓީ އިން ދެކޮޅު ހަދަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑި ބްރޭނާގެ ސޮއި ހޯދަން އަލް ނަސްރުން މިހާރު އަންނަނީ ސިޓީއާ ވާހަކަ ދައްކަމުންނެވެ. އަދި މި ޓްރާންސްފާ މާކެޓުގައި ސިޓީ އިން ޑި ބްރޭނާ އަލް ނަސްރަށް ވިއްކާލާނެ ކަމަށް ބެލެވެ އެވެ.

ސިޓީން ޑި ބްރޭނާ ވިއްކާލަން މަޝްވަރާ އަށް ތައްޔާރުވާނެ ކަމަށް ބެލެވޭ އަގަކީ، 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހުށަހެޅުމެއް ލިބިއްޖެނަމަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ނަސްރުން އޮތީ މި 100 މިލިއަން ޑޮލަރު ދޭން ތައްޔާރަށެވެ.

ސިޓީން ޑި ބްރޭނާ ގަތީ، 2015 ވަަނަ އަހަރު ވުލްފްސްބާގް އަށް 65 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު އެވެ. އޭގެ ފަހުން، އޭނާ އަންނަނީ ސިޓީން ހޯދަމުން އަންނަ ގިނަ ކާމިޔާބީތަކުގައި އިސް ރޯލެއް ކުޅެމުންނެވެ. ޑި ބްރޭނާ ވަނީ ޕްރިމިއާ ލީގުގެ ތަށި ސިޓީގައި ހުރެ ފަސް ފަހަރު ހޯދައިފަ އެވެ.