Advertisement

ޓްރީ ޓޮޕުން ފުރަތަމަ ފަހަރަށް ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ކާމިޔާބުކޮށްފި

14 އޭޕްރީލް 2024 - 18:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓްރީ ޓޮޕުން ފުރަތަމަ ފަހަރަށް ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ކާމިޔާބުކޮށްފި

14 އޭޕްރީލް 2024 - 18:54 0

ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ޕްރޮސީޖާ ކާމިޔާބު ކޮށްފި އެވެ.

ޓްރީ ޓޮޕުން ބުނީ މިއީ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން އެ ހޮސްޕިޓަލަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ޕްރޮސީޖާ ކުރިއަށް ގެންދިޔައީ ޓްރީ ޓޮޕްގެ ތަޖުރިބާކާރު ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވާލް އަދި ހުނަރުވެރި ކާޑިއޮލޮޖީ ޓީމުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ އަކީ ކޮބާ؟

ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީއަކީ ހިމަވެފައި ނުވަތަ ބްލޮކްވެފައިވާ ކިޑްނީއަށް ލޭ ފޯރުކޮށްދޭ ނާރުތައް ހުޅުވައިދޭ މިނިމަލީ އިންވޭސިވް ޕްރޮސީޖާއެކެވެ. ބޮޑެތި އޯޕަން ސާޖަރީތަކާއި ހިލާފަށް، މިފަދަ ޕްރޮސީޖާތައް ކުރިއަށް ގެންދަނީ ވަރަށް ކުޑަ ކުޑަ އިންސިޝަނެއް ހަދައިގެންނެވެ.

މީގެ ސަބަބުން ބަލިމީހާގެ ރިކަވާވެ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ހޭދަވާ ވަގުތު ވަރަށް ކުޑަކުރެވެ އެވެ. މިއީ ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީގެ މަސައްކަތް ދަށްވުމާ އެކަމާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ހުންނަ މީހުންނަށް ދިރިއުޅުމަށް ވަރަށް ބޮޑު ލުޔެއް ލިބޭ ޕްރޮސީޖާއެކެވެ.

ޑރ. އަމިތު އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ ކާޑިއޮލޮޖީ ޑިޕާޓްމަންޓް

ޑރ. އަމިތް އަގަރްވާލް އަކީ ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ، ހިތުގެ ގިނަ ބަލިތައް ދެނެގަތުމުގައި ތަޖުރިބާކާރު އަދި ހުނަރުވެރި ޑޮކްޓަރެކެވެ.

ނޭޕާލްގުންޖް މެޑިކަލް ކޮލެޖުން އެމްބީބީއެސް އަދި ނޭޕާލްގެ އިންސްޓިޓިއުޓް އޮފް މެޑިސިން ކަތުމަންޑޫއިން އިންޓާނަލް މެޑިސިންގެ ދާއިރާއިން އެމްޑީ ހާސިލްކޮށްފަ އެވެ. އަދި ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެ، އިންޑިއާގެ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން ތަމްރީނު ހޯއްދެވި އެވެ.

މީގެ އިތުރުން، ޑރ. އަމިތު ވަނީ ނޭޕާލްގެ ނޭޝަނަލް މެޑިކަލް ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު ފުރުއްވައި، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ޓްރީޓޮޕުން ބުނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް އަދި ހުނަރުވެރި ކާޑިއޮލޮޖިސްޓުންގެ ޓީމެއް ހިމެނޭ މި ޑިޕާޓްމަންޓަކީ ހިތުގެ ބަލިތައް ދެނެގަނެ، ފަރުވާދޭން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ޑިޕާޓްމަންޓެއް ކަމަށެވެ.

ޕްރިވެންޓިވް ސްކްރީނިންއާއި މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކުން ފެށިގެން ހިތުގެ ކޮމްޕްލެކްސް ބަލިތައް މެނޭޖްކުރުމުގެ ފަރުވާ އެ ޑިޕާޓްމަންޓުން ލިބޭނެ ކަމަށް ޓްރީޓޮޕުންް ބުނެ އެވެ.

ޓްރީޓޮޕަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއްހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓްލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އާ ހިދުމަތްތައް ތަޢާރަފް ކުރަމުންނެވެ.