Advertisement

މިކްސް ގްރިލްއިން ހަތަރު ވައްތަރެއްގެ ސްޕިން ރޯސްޓް ކުކުޅު ތައާރަފުކޮށްފި

15 އޭޕްރީލް 2024 - 15:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މިކްސް ގްރިލްއިން ހަތަރު ވައްތަރެއްގެ ސްޕިން ރޯސްޓް ކުކުޅު ތައާރަފުކޮށްފި

15 އޭޕްރީލް 2024 - 15:52 0

ޑެލިވަރީގެ ހިދުަމަތްދޭ މިކްސް ގްރިލްއިން ހަތަރު ވައްތަރެއްގެ ސްޕިން ރޯސްޓް ކުކުޅު ތައާރަފްކޮށްފި އެވެ.

މިކްސް ގްރިލްއިން ތައާރަފްކުރީ ހަރީސާ ކުކުޅު، ތަންދޫރީ ކުކުޅު، ޕިލީ ޕިލީ ކުޅުކުޅު އަދި ގިތެޔޮ ކުކުޅެވެ.

އެންމެ ކުޅި މަޑު ކުކުޅަކަށް ހިމެނެނީ ތަންދޫރީ ކުކުޅެވެ. އެއަށްފަހު ހަރީސާ ކުކުޅާއި، ޕިލީ ޕިލީ ކުކުޅު ކުޅިއިރު، އެންމެ ކުޅިގަދަ ކުކުޅަކީ ގިތެޔޮ ކުކުޅެވެ.

ހިޔާރުކުރާ ކޮންމެ ކުކުޅަކާއެކު ހަތަރު ފަރާޓާއާއި، އެއް ސޯސްގެ އިތުރުން ސޮފްޓް ޑްރިންކެއް ލިބެ އެވެ.

އޭގެއިތުރުން ޑުއޯ ޕެކު ނަގައިފިނަމަ، ހަތަރު ފަރާޓާއާއި، ދެ ސޮފްޓް ޑްރިންކްގެ އިތުރުން ފޮނި އެއްޗެއްގެ ގޮތުގައި ހަތަރު ގުލާބްޖާމުން ލިބެ އެވެ.

އަދި ޕާޓީ ޕެކެއް ނަގައިފިނަމަ، 16 ފަރާޓާއާއި، ހަތަރު ސޯސް، ހަތަރު ސޮފްޓް ޑްރިންކް އަދި ފޮނި އެއްޗަކަށް 8 ގުލާބްޖާމުން ލިބެ އެވެ.

ސްޕިން ރޯސްޓް ކުކުޅުގެ އަގުތައް:

ސޯލޯ ޕެކް - 155ރ.

ޑުއޯ ޕެކް - 300ރ.

ޕާޓީ ޕެކް - 550ރ.

ހަމައެކަނި ޑެލިވަރީގެ ހިދުމަތްދޭ މިކްސް ގްރިލްއިން އޯޑަރު ކުރުމަށް ގުޅަން ޖެހެނީ 7238080 ނަމްބަރު ފޯނަށެވެ. އަދި އެ ނަމްބަރަށް ވައިބާ ކޮށްގެން ވެސް އޯޑަރު ނެގޭނެ އެވެ.

ޑެލިވަރީކުރަން މިކްސް ގްރިލްއިން އެއްވެސް އިތުރު ފީއެއް ނުނަގަ އެވެ.