9 އޭޕްރީލް 2024 - 09:35 0
ލީވާން އަލީ ނާސިރު
ރަށްދެބައި މަގުގައި ހުންނަ ޕޮއިޒް ޕްރިމިއަމް ފިހާރަ -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު
9 އޭޕްރީލް 2024 - 09:35 0
އީދު އައީ ހިނިތުން ވަމުން މީރު ވަހުން ޖައްވު ހުވަނދު ލަމުން،
ރީތިވިހާ ލަވަ ކިޔަމުން މާމަލުގައި ނަލަ ކުލަ ޖައްސަމުން
މިއީ ދިވެހިންގެ އީދުގެ ހަނދާނާ ގުޅިފައިވާ ލަވައެކެވެ. ރޯދައިގެ މާތް އަޅުކަމަށް ފަހު އެ އުފާ ފާޅުކުރުމުގެ ގޮތުން ފާހަގަކުރާ ފިތުރު އީދު ދުވަހު، އީދު ހަދިޔާ ދިނުމަކީ ދިވެހިންގެ އަދި އިސްލާމީ ސަގާފަތުގައި ވެސް އޮތް ކަމެކެވެ. ނަމަވެސް، މި ޒަމާނުގައި އެންމެ އުނދަގޫ އެއްކަމަކީ ރަނގަޅު އީދު ހަދިޔާއެއް ހިޔާރު ކުރުމެވެ.
އީދަކީ ހުވަނދުލައި ޒީނަތްތެރިވާން ޖެހޭ ދުވަހެއް ކަމުން، ގިނަ ބަޔަކު ދެކޭ ގޮތުގައި ހަދިޔާއެއްގެ ގޮތުގައި މީރުވަސްދުވާ ސެންޓްފުޅިއެއް ނުވަތަ ސެންޓްފުޅިއެއް ހިމެނޭ ގިފްޓް ޕެކެއް ދިނުން އެއީ އީދާ އެންމެ ގުޅޭ ގޮތެވެ.
މިފަހަރު އީދާ ދިމާކޮށް ބޭނުންވާ ތަފާތު ވަސްތަކުގެ ކޮލިޓީ ސެންޓާއި، ގިފްޓް ޕެކްތައް ނަން ހުސްކޮށް މަޖީދީމަގުން ރަށްދެބައި މަގަށް ވަންނައިރު ވާތްފަރާތުގައި ހުންނަ ޕޮއިޒް ޕްރިމިއަމްއިން އަތްފޯރާފަށުގައި ލިބެން އެބަހުއްޓެވެ.
ރަށްދެބައި މަގުގައި ހުންނަ ޕޮއިޒް ޕްރިމިއަމް ފިހާރަ -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު
ރޯދަ މަހު ޕޮއިޒް ޕްރިމިއަމްއިން ކުރިއަށްގެންދިޔާ ހިލޭ ގިފްޓެއް ލިބޭ ޕްރޮމޯޝަންގައި ގިނަ ބަޔަކު ބައިވެރިވާން ފުރުސަތު ދިނުމުގެ ގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އީދު ނިމެންދެން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައެވެ.
އެގޮތުން ބައްލަވައިގަންނަވާ ކޮންމެ ސެންޓް ފުޅިއަކަށް ހަދިޔާއެއް ލިބިގެންދާއިރު، ލިބޭ ހަދިޔާތަކުގެ ތެރޭގައި އަގުހުރި ސެންޓުފުޅި ވެސް ހިމެނެއެވެ.
ޕޮއިޒް ޕްރިމިއަމްއަކީ ނަން މަޝްހޫރު ބްރޭންޑެޑް ޕާފިއުމްސް އާއި ސްކިން ކެއާ، ހެއާ ކެއާގެ އޮރިޖިނަން ކޮލިޓީ ޕްރޮޑަކްޓްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. އަދި މި ފިހާރައިން އަނަނީ ފުޅާދާއިރާއެއްގައި ކޮލިޓީ ބްރޭޑްތަކުގެ ޕްރޮޑަކްސްތައް ހޯލްސޭލް ވެސް ކުރަމުންނެވެ.
ޕޮއިޒް ޕްރިމިއަމްއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިހާރައެކެވެ.
Comment