Advertisement

މިފަހަރު އީދު ހަދިޔާ ގަނެލަންވީ ނިއުއެޑިޝަނުން

7 އޭޕްރީލް 2024 - 14:56 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މިފަހަރު އީދު ހަދިޔާ ގަނެލަންވީ ނިއުއެޑިޝަނުން

7 އޭޕްރީލް 2024 - 14:56 1

އީދު ހަދިޔާ ދިނުމަކީ ދިވެހިންގެ ސަގާފީއާދަކާދައިގެ ތެރެއިން ފެންނަ ރީތި އާދައެކެވެ. އާއިލާގެ މެންބަރުން، ރައްޓެހި ރަޙްމަތްތެރިންނަށްވެސް އީދު ހަދިޔާއެއްގެ ގޮތުގައި ކޮންމެވެސް އެއްޗެއް ދިނުމަކީ މިހާރުވެސް ގެންގުޅެމުން އަންނަ ޒަމާނީ ސަޅި ޓްރެންޑެކެވެ. އެގޮތުން މިފަހަރު އީދަށް ހާއްސަކޮށް މިވަނީ ނިއު އެޑިޝަނުން ހެޔޮ އަގުގައި ގިނަ ތަފާތު އީދު ހަދިޔާ ޕެކްތަކެއް ތައާރަފްކޮށްފަ އެވެ.

ނިއު އެޑިޝަން ގިފްޓް ޕެކްތައް ތައްޔާރުކޮށްފައި ވަނީ އާންމުކޮށް ގަންނަން ލިބެން ހުންނާނެ އަގުން ޑިސްކައުންޓް ލިބޭނެހެން އަގު ހެޔޮކޮށެވެ. އެއާއެކު އީދު ޕެކްތައް ވާނީ މިދަނޑިވަޅުގައި ރައްޔިތުންނަށް ގަނެލަން ފަސޭހަވާނެ ހެޔޮ އަގުތަކެއްގައިކަން، ހާއްސަ ގޮތެއްގައި ނިއު އެޑިޝަނުން ފާހަގަކުރި އެވެ.


ބްރޭންޑެޑް ކޮސްމެޓިކްސް އަދި ސެންޓު ވިޔަފާރީގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ނިއު އެޑިޝަނުން ކޮންމެ އީދަކާ ދިމާކޮށް އީދު ހަދިޔާ ޕެކް ގޮތުގައި ތަފާތު ޕްރޮޑަކްޓްތައް ހިމެނޭ އަގުހެޔޮ ޕެކްތަކެއް ތައާރަފް ކުރެ އެވެ.

"މި ޕެކްތަކުގައި މަޤްބޫލު ސެންޓުތަކާއި، ބޮޑީސްޕްރޭ، މިސްޓު އަދި ދިވެހިންތެރޭ މަޤުބޫލު ވަސްތައްވެސް ވަނީ ހިމަނާފައި،" ނިއު އެޑިޝަނުން ބުނެ އެވެ.

ދެޖިންސަށް ހާއްސަކޮށް ނިއު އެޑިޝަނުން ތައާރަފްކޮށްފައިވާ ޕެކްތަކުގައި މަގްބޫލު ސެންޓްތަކުގެ މީރުވަސް ވަނީ ހިމަނާފަ އެވެ.


ނިއު އެޑިޝަނުން ބުނީ މި ޕެކްތައް ތައްޔާރުކޮށްފައިވަނީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލު ހޮވުން ތައް ހިމަނައިގެން، ކަސްޓަމަރުންނަށް ޖީބަށް ލުއި، ތަފާތު އިހުސާސެއް މިއީދުގެ ތެރޭގައި ގެނެސް ދިނުމުގެ ގޮތުން ކަމަށެވެ.

ނިއު އެޑިޝަނުން މައުލޫމާތުދޭ ގޮތުގައި އީދު ގިފްޓް ޕެކްއަށް އޯޑަރުދެއްވުމަށް 9972727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ގެއަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެ އެވެ.