Advertisement

ކުރުނބައެއް 150ރ. އަށް، ކުރުނބާފުޅިއެއް 220ރ. އަށް!

5 އޭޕްރީލް 2024 - 17:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރޯދަ މަހު ބާޒާރުގައި ކުރުނބާ ވިއްކަން ބަހައްޓާފައި: ކުރުނބައެއްގެ އަގު 150ރ. އަށް ވަނީ އުފުލިފައި -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު / އަދަދު


ކުރުނބައެއް 150ރ. އަށް، ކުރުނބާފުޅިއެއް 220ރ. އަށް!

5 އޭޕްރީލް 2024 - 17:32 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ބޮޑު ކުރުނބާގެ އަގު ބޮޑުވެ، ކުރުނބައެއް އަގު 150ރ. އަށް، އަދި ކުރުނބާ ފުޅިއެއްގެ އަގު 220ރ. އަށް އަރައިފި އެވެ.

ރޯދަ މަސް ފެށުނުއިރު ބޮޑު ކުރުނބައެއްގެ އަގު 50ރ. ގައި ހުރިއިރު، އިއްޔެ އާއި މިއަދު ކުރުނބައެއް ވިއްކަން ހުރީ 150ރ. އަށެވެ.

ބާޒާރުގައި ކުރުނބާ ވިއްކަން ހުރި މީހަކު "އަދަދު" އަށް ބުނީ ކުރުނބާގެ އަގު ބޮޑުވީ، ލިބޭ އަގުވެސް ބޮޑުވުމުން ކަމަށާއި، އަދި ކުރުނބާ ލިބޭވަރު ވެސް ކުރިއަށްވުރެ މަދުވެފައިވާ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ކުރުނބާގެ ސްޓޮކް އާވުމުން އަގުތަކަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ރަށްރަށުން ކުރުނބާ ވަނީ ހުސްވެފައި. ކުރިއަށްވުރެ މަދުން ފޮނުވަނީވެސް. ކުރުނބައެއް ވިއްކަމުން މިދަނީ އެންމެ 5ރ. ގެ ފައިދާ ލާފައި،" ބާޒާރުން ވާހަކަ ދެއްކި މީހާ ބުނި އެވެ.

ރޯދަ މަސް ފެށުނުއިރު ކުޑަ ކުރުނބައެއް 25ރ. އާއި 35ރ. އާ ދެމެދު ހުރިއިރު، މިހާރު ލިބެން ހުރީ 60ރ. އާއި 80ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ތަރުކާރީ އާއި މޭވާގެ އަގު ގާތްގަނޑަކަށް އިއްޔެ ހުރި އަގުގައި ހުރިއިރު، ކިއުކަންބާ ކިލޯއެއްގެ އަގު ވަނީ 70ރ. އަށް އުފުލިފަ އެވެ. އަދި ކަރާ ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މަސް މާރުކެޓުގައި މިއަދު ވެސް މަހުގެ ބާވަތްތައް މަދުއިރު، ކަނޑު މަސް ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 35ރ. އަށެވެ. އަދި ކަންނެލި ކިލޯއެއްގެ އަގު ހުރީ 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ.