30 މާރިޗު 2024 - 17:48 0
ލީވާން އަލީ ނާސިރު
އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) -- ފޮޓޯ: ގެޓީ
30 މާރިޗު 2024 - 17:48 0
ގާޒާއަށް ހަމަލާ ދެމުންދާ އިޒްރޭލަށް އެމެރިކާއިން ގިނަ އަދަދެއްގެ ހަތިޔާރު ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ދަ ވޮޝިންގްޓަން ޕޯސްޓުން ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާއިން ވަނީ އިޒްރޭލަށް ހަނގުރާމައަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދޭން އެއްބަސްވެފައި ކަމަށެވެ.
އިޒްރޭލަށް އެމެރިކާއިން ފޯރުކޮށްދޭން އެއްބަސްވީ ހަނގުރާމަ ކުރާ ޖެޓުތަކާއި، އެމްކޭ84 ގެ 2،000 ޕައުންޑުގެ ބޮމުގެ އިތުރުން އެމްކޭ82 ގެ 500 ޕައުންޑުގެ ބޮންތައް ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެ އެވެ.
އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭތީ އެކަމަށް ގިނަ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، އެމެރިކާއިން ބުނަމުންދަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދެނީ ދިފާއުވާން ކަމަށެވެ.
ނަމަވެސް އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކަމާ ނުބެހޭ ކުޑަ ކުދިންނާއި އަންހެނުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން، ދެ ފަރާތުން ވެސް މި ރޯދަ މަހު ތެރޭގައި ހަމަލާ ބަދަލު ކުރުން ހުއްޓާލަް އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަނީ ގަރާރެއްވެސް ފާސްކޮށްފަ އެވެ.
Comment