Advertisement

މުދާ ބަރުކޮށްގެންދިޔަ އާގު ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓިއްޖެ

27 މާރިޗު 2024 - 08:00 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ބްރިޖެއްގައި އާގު ބޯޓެއް ޖެހި، ބްރިޖު ވެއްޓުން -- ފޮޓޯ؛ ރޮއިޓާސް


މުދާ ބަރުކޮށްގެންދިޔަ އާގު ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓިއްޖެ

27 މާރިޗު 2024 - 08:00 1

މުދާ ބަރުކޮށްގެންދިޔަ އާގު ބޯޓަކުން ޖެހި އެމެރިކާގެ ބަލްޓިމޯ ކީ ބްރިޖު ވެއްޓިއްޖެ އެވެ.

ބްރިޖު ވެއްޓުނު ހާދިސާގައި މޫދަށް ވެއްޓުމުން ބައެއް މީހުން ސަލާމަތް ކޮށްފައިވާއިރު، ހަ މީހަކު ގެއްލިގެން އަދިވެސް ދަނީ ހޯދަމުންނެވެ.

ނަމަވެސް މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެ އެވެ.

ކޮންޓޭނަރުން ފުރިފައިވާ "ޑާލީ" ނަމަކަށް ކިޔާ އާގު ބޯޓުގައި ސިންގަޕޫރު ދިދައެއް ވަނީ ހަރުކޮށްފަ އެވެ. އެ ބޯޓު މުދާ ބަރުކޮށްގެން ދަތުރު ފެށީ ސްރީލަންކާ އަށެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށް މިހާރު ވަނީ ތަހުގީގެއް ފަށައިފަ އެވެ. އަދި ބޯޓު ބްރިޖުގައި ޖެހުމުގެ ކުރިން ނުރައްކަލެއް ކުރިމަތިވާ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ބޯޓުގައި ޖުމްލަ 22 ފަޅުވެރިން ތިބިއިރު، އޭގެ ތެރެއިން ބައެއް ފަޅުވެރިންނަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.

ބޯޓު ޖެހި ވެއްޓުނު ހަތަރު ލޭނުގެ ބްރިޖުގެ ދިގުމިނުގައި 1.6 މޭލު ހުއްޓެވެ.