Advertisement

ޖަޕާނުގައި އަނދަމުން ދިޔަ މަތިންދާބޯޓުން ހުރިހާ އެންމެން ސަލާމަތްކޮށްފި

2 ޖަނަވަރީ 2024 - 17:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވީޑިއޯތަކުން ފެންނަނީ މުޅި މަތިންދާބޯޓުގައި ހުޅު ހިފައިފައިވާ މަންޒަރު. -- ފޮޓޯ: ކިޔޯޑޯ


ޖަޕާނުގައި އަނދަމުން ދިޔަ މަތިންދާބޯޓުން ހުރިހާ އެންމެން ސަލާމަތްކޮށްފި

2 ޖަނަވަރީ 2024 - 17:02 0

ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓުގެ ރަންވޭ މަތީގައި އަލިފާން ރޯވެ އަނދަމުން ދިޔަ ޖަޕާން އެއާލައިންސް މަތިންދާބޯޓުގައި ތިބި ހުރިހާ އެންމެން ސަލާމަތްކޮށްފި އެވެ.

ޖަޕާން އެއާލައިންސުން ބުނީ 367 ޕަސެންޖަރުންނާއި 12 ކްރޫ މެމްބަރުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ޖަޕާން ކޯސްޓުގާޑުން ބުނީ އެއާބަސް އޭ-350 މަތިންދާބޯޓުގައި ރޯވީ ރަންވޭ މަތީގައި ކޯސްޓްގާޑުގެ ވައިގެ އުޅަނދަކާ ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ކަމަށެވެ.

ކޯސްޓްގާޑުގެ އުޅަނދުގައި ހަ މީހުން ތިބި އިރު އެ އެންމެން ވެސް ވަނީ ސަލާމަތްކޮށްފަ އެވެ. އެކަމަކު އެކަކަށް އަނިޔާ ލިބުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޖަޕާން އެއާލައިންސްގެ މަތިންދާބޯޓު ހަނޭޑާ އެއާޕޯޓަށް ދަތުރު ކުރީ ހޮކައިޑޯގެ ނިއު ޗިޓޯސޭ އެއާޕޯޓުންނެވެ.

ކޯސްޓްގާޑުގެ އުޅަނދުން މަސައްކަތް ކުރީ ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން އެހީ ފޯރުކޮށްދޭން ބޭނުންވާ ތަކެތި ނީގަތާ ޕްރީފެކްޗާއަށް އުފުލުމަށް ދަތުރު ފެށުމަށެވެ.

އަލިފާންގަނޑު ނިއްވަން އަލިފާން ނިއްވާ 70 އުޅަނދު ފޮނުވާފައިވާ އިރު، ވީޑިއޯތަކުން ފެންނަނީ މުޅި މަތިންދާބޯޓުގައި ހުޅު ހިފައިފައިވާ މަންޒަރެވެ.

ޖަޕާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ހާދިސާގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.