Advertisement

މަޖިލިސް މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ފާހެއް ނުވި

27 ނޮވެންބަރު 2023 - 14:04 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މިވަގުތު މަޖިލީހުގައި 87 މެމްބަރުން ތިއްބެވި އިރު އަންނަ އަހަރު 6 މެމްބަރުން އިތުރުވާނެ - ފޮޓޯ: މަޖިލިސް


މަޖިލިސް މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ފާހެއް ނުވި

27 ނޮވެންބަރު 2023 - 14:04 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ނުފެންނަ ކަމަށް މަޖިލީހުން ފާސް ކޮށްފި އެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ޑިމޮކްރެޓްސްގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ އެ ޕާޓީގެ "މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތުގެ ދަށުންނެވެ.

މި އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 38 މެމްބަރުން ވޯޓު ދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ކޮންމެ މެމްބަރަކު 5,000 ރައްޔިތުން ތަމްސީލުކުރާ ގޮތަށެވެ. އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވެ އެވެ.

އިސްލާހުގައި މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލުތަކެއް ގެނައުމަށް ވެސް ހުށަހެޅި އެވެ. އެީ އިދާރީ ދާއިރާތަކަށް ހާއްސަކުރެވޭ 55 މެމްބަރުން ތިބުމަށާއި ހުރިހާ އިދާރީ ދާއިރާއެއް ތަމްސީލުވާނޭ ގޮތަށް އިންތިހާބު ކުރެވޭ އަށް އަންހެން މެމްބަރުން ތިބޭ ގޮތަށް ހުށަހެޅި އިސްލާހެކެވެ.

އޭގެ އިތުރުން, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރާނެ ދެ މެމްބަރުންނާއި, ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވީ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ދައުލަތުގެ ބަޖެޓުން މަޖިލީހަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުން ދާތީ އެކަން ހުއްޓުވުމެވެ.