Advertisement

އެމެރިކާގައި ހަ އަހަރުގެ ފަލަސްތީނު ކުއްޖަކު މަރާލައިފި

16 އޮކްޓޯބަރު 2023 - 14:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަރުވީ އެމެރިކާއަށ ހިޖުރަކޮށްގެން އުޅެމުން ދިޔަ އާއިލާއެއްގެ ކުއްޖެއް.


އެމެރިކާގައި ހަ އަހަރުގެ ފަލަސްތީނު ކުއްޖަކު މަރާލައިފި

16 އޮކްޓޯބަރު 2023 - 14:32 0

އެމެރިކާގައި މިދިޔަ ހޮނިހިރު ދުވަހު އުމުރުން ހަ އަހަރުގެ މުސްލިމް ފިރިހެން ކުއްޖެއްގެ ގަޔަށް 26 ފަހަރު ވަޅި ހަރައި މަރާލައިފި އެވެ.

އެ ކުއްޖާއަށް ހަމަލާދިނީ ކުއްޔަށް ދިރިއުޅެމުން ދިޔަ ގޭގެ ވެރިމީހާ އެވެ. އެ ކުއްޖާގެ މަންމައަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ފުލުހުން ބުނީ އެ ހަމަލާދިނީ މުސްލިމުންނަށް ވާތީ ކަމަށާއި ފަލަސްތީނުގައި މިހާރު ހިންގަމުންދާ ގަތުލްއާންމުއާ ގުޅުން އެބަ އޮތް ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ބަޔާނެއްގައި އެ ހަމަލާ ކުށްވެރި ކުރުމަށް ފަހު ވިދާޅުވީ "ފަލަސްތިނުގެ މުސްލިމް އާއިލާއިން އެމެރިކާއަށް ހިޖުރަ ކުރީ ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ ގޮތް ހޯދުމަށް" ކަމަށެވެ.

"ނަފުރަތުގެ މިފަަދަ ނުބައި އަމަލުތަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެ،" ބައިޑެން ވިދާޅުވި އެވެ.

އެ ހަމަލާދިން އުމުރުން 71 އަހަރުގެ ޖޯސެފް ޒުބާ ހައްޔަރުކޮށް، ގަސްދުގައި މީހުން މެރުމާއި ނަފުރަތުގެ ކުށެއް ކުރުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.