Advertisement

އިޒްރޭލުގެ 750 މީހުން ގެއްލިގެން ހޯދަނީ

8 އޮކްޓޯބަރު 2023 - 15:25 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


އިޒްރޭލުގެ 750 މީހުން ގެއްލިގެން ހޯދަނީ

8 އޮކްޓޯބަރު 2023 - 15:25 1

އިޒްރޭލުގެ އަތް ދަށުން އަލް އަގްސާ މިސްކިތް މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ހޮނިހިރު ދުވަހު ކުއްލި އޮޕަރޭޝަނެއް ފެށި ފަހުން އިޒްރޭލްގެ 750 މީހުން ގެއްލިފައިވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.

އިޒްރޭލުގެ ޖެރުސެލަމް ޕޯސްޓުން ބުނީ ނުރަސްމީ މައުލޫމާތަށް ބަލާއިރު މަަދުވެގެން 750 އަށް ވުރެ ގިނަ އިޒްރޭލް ރައްޔިތުން ގެއްލިގެން އުޅޭ ކަމަށެވެ.

ހަމާސްއިން މީގެ ކުރިން ބުނީ ގިނަ އަދަދެއްގެ އިޒްރޭލް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ސީދާ އަދަދެއް ނުބުނެ އެވެ.

އިޒްރޭލްގެ އިދާރާތަކުން ބުނީ ސިފައިންނާއި އާންމުން ވެސް ހަމާސްގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށެވެ. އެ އެންމެން ގެންދިޔައީ ގާޒާއަށް ކަމަށް ބެލެވެ އެވެ.

އިޒްރޭލްގެ އިދާރާތަކުން ވެސް ރަސްމީކޮށް އެއްވެސް އަދަދެއް ހާމައެއް ނުކުރެ އެވެ. އިޒްރޭލް ރައްޔިތުން ދަނީ އާއިލާގެ މެމްބަރުންނާއި އެކުވެރިން ގެއްލިގެން ސޯޝަަލް މީޑިއާގައި ޕޯސްޓު ކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ބޮން އެޅުމުން މިހާތަނަށް ފަލަސްތީނުގެ 313 މީހުން މަރުވެފައިވާ އިރު، އިޒްރޭލުން މަރުވީ 350 މީހުންނެވެ.