Advertisement

މިސްރުގައި ފުލުހަކު ބަޑި ޖަހައި އިޒްރޭލް ފަތުރުވެރިންތަކެއް މަރާލައިފި

8 އޮކްޓޯބަރު 2023 - 15:00 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


މިސްރުގައި ފުލުހަކު ބަޑި ޖަހައި އިޒްރޭލް ފަތުރުވެރިންތަކެއް މަރާލައިފި

8 އޮކްޓޯބަރު 2023 - 15:00 1

މިސްރުގައި އާދީއްތަ ދުވަހު ފުލުހަކު ބަޑި ޖަހައި އިޒްރޭލުގެ ދެ ފަތުރުވެރިން މަރާލައިފި އެވެ.

މިސްރުގެ ނޫސްތަކުން ބުނީ ފުލުސް މީހާ ބަޑި ޖެހުމުން މަރުވީ އިޒްރޭލްގެ ދެ ފަތުރުވެރިންނާއި މިސްރުގެ ރައްޔިތެއް ކަމަށެވެ. ހަތަރު ވަނަ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެކްސްޓްރާ ނިއުސް ޓީވީން ރިޕޯޓުކުރި ގޮތުގައި ފުލުސް މީހާ "އަމިއްލަ ބަޑި" ބޭނުންކޮށްގެން ހަމަލާ ދިނީ އެލެގްޒެންޑްރިއާގައި އުޅުނު "އިޒްރޭލުގެ ޓުއާ ގްރޫޕަކަށެވެ."

ސަލާމަތީ މަސްދަރަކާ ހަވާލަދީ އެ ޓީވީން ބުނީ ބަޑި ޖެހުމާ އެކު ލަސްތަކެއް ނުވެ، ފުލުސް މީހާ ހައްޔަރު ކުރި ކަމަށެވެ.

މިސްރުގައި މިފަދަ ހާދިސާއެއް ހިނގި އިރު، އިޒްރޭލުގެ އަތް ދަށުން އަލް އަގްސާ މިސްކިތް މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން އިއްޔެ ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ރައްދުގައި އިޒްރޭލުން ދަނީ ގާޒާއަށް ބޮން އަޅަމުންނެވެ. މިހާތަނަށް ފަލަސްތީނުގެ 313 މީހުން މަރުވެފައިވާ އިރު، އިޒްރޭލުން މަރުވީ 350 މީހުންނެވެ.