Advertisement

ލުބްނާންގެ ހަނގުރާމަވެރިން ވެސް އިޒްރޭލަށް ހަމަލާ ދީފި

8 އޮކްޓޯބަރު 2023 - 11:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


ލުބްނާންގެ ހަނގުރާމަވެރިން ވެސް އިޒްރޭލަށް ހަމަލާ ދީފި

8 އޮކްޓޯބަރު 2023 - 11:16 0

އިޒްރޭލުގެ އަތް ދަށުން އަލް އަގްސާ މިސްކިތް މިނިވަން ކުރުމަށް ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ފެށި އޮޕަރޭޝަނަށް އެހީވުމުގެ ގޮތުން ލުބްނާންގެ ހިޒްބުﷲ އިން ވެސް އިޒްރޭލަށް ހަމަލާ ދީފި އެވެ.

އިޒްރޭލުން ވެރިކޮށްގެން އުޅޭ ޝިބާ ދަނޑުތައް ސަރަހައްދުގައި ހުންނަ އިޒްރޭލް ސިފައިންގެ ޓާގެޓްތަކަށް އާދީއްތަ ދުވަހު ދިން ހަމަލާތަކުގެ ޒިންމާ ނެގީ ހިޒްބުﷲ އިންނެވެ.

އެ ޖަމާއަތުން ބުނީ އިޒްރޭލުގެ ތިން ޓާގެޓަކަށް ހަމަލާ ދިނީ "ފަލަސްތީނާ އެކު ތިބިކަން ދެއްކުމަށާއި އިޒްރޭލުން ވެރިކޮށްގެން އުޅޭ ލުބްނާންގެ ބިންތައް މިނިވަން ކުރުމަށް" ކަމަށެވެ.

އިޒްރޭލް ސިފައިން ބުނީ ލުބްނާނުން އަމާޒުވި ހަމަލާތައް ހުއްޓުވުމަށް، ލުބްނާންގެ ބޯޑަަރާ ދިމާލަށް ހަމަލާތައް އަމާޒުކޮށްފައި ވާނެ ކަމަށެވެ.

އޭގެ އިތުރުން ހިޒްބުﷲ ގެ އަސްކަަރީ ޕޯސްޓަކަށް ވެސް ހަމަލާދީފައި ވާނެ ކަމަށް އިޒްރޭލުން ބުންޏެވެ. އެ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމެއް ސާފެއް ނޫނެވެ.