Advertisement

އިޒްރޭލް ސިފައިންގެ އިސް ކޮމާންޑަރެއް މަރާލައިފި

8 އޮކްޓޯބަރު 2023 - 13:42 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


އިޒްރޭލް ސިފައިންގެ އިސް ކޮމާންޑަރެއް މަރާލައިފި

8 އޮކްޓޯބަރު 2023 - 13:42 1

އިޒްރޭލްގެ އަތްދަށުން އަލް އަގްސާ މިސްކިތް މިނިވަން ކުރުމަށް ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ފެށި ކުއްލި އޮޕަރޭޝަަނުގައި އިޒްރޭލުގެ ދިފާއީ ފައުޖުގެ އިސް ކޮމާންޑަރެއް މަރާލައިފި އެވެ.

އިޒްރޭލް ސިފައިން ބުނީ ނަހަލް އިންފެންޓްރީ ބްރިގޭޑްގެ ކޮމާންޑަރު ކާނަލް ޖޮނަތަން ސްޓެއިންބާގް މަރުވީ ހަމާސްއާ ހަނގުރާމަ ކުރަނިކޮށް ގާޒާ ކައިރިން ކަމަށެވެ.

"އޭނާއަކީ ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް މި ހަމަލާތަކުގައި މިހާތަނަށް މަރުވި އެންމެ އިސް އޮފިޝަލް،" އިޒްރޭލް ސިފައިން ސޯޝަލް މީޑިއާ މެދުވެރިކޮށް ބުންޏެވެ.

އޭގެ އިތުރުން ފަހުގެ ތާރީހުގައި ހަނގުރާމައިގެ މައިދާނުގައި މަރުވި އެންމެ އިސް ކޮމާންޑަރަކީ ވެސް އޭނާ ކަމަށް އިޒްރޭލް ސިފައިން ބުންޏެވެ.

ހަމާސްއިން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އިޒްރޭލްގެ 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރައްދުގައި އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށް ވުރެ މައްޗެވެ.