Advertisement

މީރު ބައިޓްސް: ސްޕައިސީ ޕްރޯން ކޮކޮނަޓް ޕާސްތާ

6 އޭޕްރީލް 2022 - 13:46 0


މީރު ބައިޓްސް: ސްޕައިސީ ޕްރޯން ކޮކޮނަޓް ޕާސްތާ

6 އޭޕްރީލް 2022 - 13:46 0

ބޭނުންވާ ތަކެތި

  • 1 ފިޔާ
  • 3 ލޮނުމެދު
  • 2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕިއުރީ
  • 1 ސައިސަމްސާ ކަރީ ޕައުޑާ
  • 1 ސައިސަމްސާ ދިރި
  • 2 މޭޒުމަތީ ސަމްސާ ޗިލީ ފްލޭކްސް
  • 1 މޭޒުމަތީ ސަމްސާ ކޮރިއެންޑާ ޕައުޑާ
  • 1 މޭޒުމަތީ ސަމްސާ ލޮނު
  • 250 އެމްއެލް ކާށި ކިރު
  • 1 ލުނބޯގެ ހުތް
  • 300 ގްރާމް ޕާސްތާ (ފެނު ކައްކާފައި)
  • 200 ގްރާމް ޕްރޯން
  • 1 ސައިސަމްސާ އޮލިވް އޮއިލް

ހަދާނެ ގޮތް

ސްޓެޕް 1

ފުރަތަމަ ސްޓެޕަކީ ޕްރޯން ކޮޅު ހަނާކުރުމެވެ. އޮލިވް އޮއިލް ގައި ރަހަދޭ ވަރުގެ ލޮނުކޮޅަކާއި، ލޮނުމެދާއި ޗިލީފްލޭކް ކޮޅު އެއްކޮށްލައިގެން ރޯ ފިލަންދެން ޕްރައުން ހަނާކުރާނީ އެވެ.

ސްޓެޕް 2

ތަވައެއްގައި ފިޔާ، ޓޮމާޓޯ ޕިއުރީ، ކަރީ ޕައުޑާ، ދިރި، ކޮރިއެންޑާ ޕައުޑާ އެއްކޮށްލުމަށްފަހު މަޑު ގިނީގައި މީރުކުރާށެވެ. ފިޔާ މީރުކޮށް ނިމުމުން އޭގެ ތެރެއަށް ކާށި ކިރުއަޅާލުމަށް ފަހު، ކްރީމީ ޓެކްސްޗާ އަކަށް ބަދަލުވަންދެން ކައްކާނީ އެވެ. ކްރީމް ގަނޑު ކެކި ނިމުމުން އޭގެ ތެރެއަށް މަޑުކޮށްފައި ހުރި ޕާސްތާ އާއި ހަނާކުރި ޕްރޯންކޮޅު އަޅާލުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި ގާނިޝް ކޮށްލަން ބޭނުންވާ ނަމަ ސަމްސަލެއްގެ ސެސިމީ ސީޑް ހަނާކުރުމަށްފަހު ޕާސްތާއާ އެއްކޮށްލުމުން އިތުރު ފުރިހަމަކަމެއް އަންނާނެ އެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ.