Advertisement

ގަން އެއާޕޯޓަށް ވަގަށް ވަން ބަޔަކު ހައްޔަރުކޮށްފި

17 މޭ 2021 - 15:34 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ގަން އިންޓަނޭޝަނަލް އެއާޕޯޓު: އެއާޕޯޓަށް ވަން މީހުން ވަނީ އެތަނުގެ ތެރޭގައި ބައެއް ފޮޓޯތައް ނަގާފައި. -- ފޮޓޯ: ގަން އެއާޕޯޓް


ގަން އެއާޕޯޓަށް ވަގަށް ވަން ބަޔަކު ހައްޔަރުކޮށްފި

17 މޭ 2021 - 15:34 0

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފެންސު ފަޅާލައިގެން އެ ތަނުގެ ތެރެއަށް ވަން ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ބުނީ ހައްޔަރުކޮށްފައި ވަނީ "ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރެސްޓްރިކްޓެޑް" އޭރިއާއަކަށް މި މެއި މަހުގެ ފުރަތަމަ ދުވަހު ވަން ތިން ދިވެހިން ކަމަށެވެ.

އެއާޕޯޓަށް ވަން މީހުން ހައްޔަރު ކުރީ އެކަން ކުރިތާ ހަތަރު ދުވަސް ފަހުން ކޯޓުގެ އަމުރެއްގެ ދަށުން މެއި، 4 ގައި ކަމަށް ފުލުހުން ބުންޏެވެ. އެއީ 20 އަހަރާއި 24 އަހަރާއި 26 އަހަރުގެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަދަދު" އަށް އިތުބާރު ކުރެވޭ ތަފާތު ދެ ފަރާތަކުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ގަން އެއާޕޯޓަށް ބަޔަކު ވަދެފައި ވަނީ ރަންވޭގެ ފެންސު ފަޅާލައިގެނެވެ. އެ މީހުން އެއާޕޯޓަށް ވަން ވަގުތު ރަންވޭގައި ޕްރައިވެޓް ޖެޓެއް ޕާކުކޮށްފައި އޮތްކަން ވެސް އެނގިފައިވެ އެވެ.

އެއާޕޯޓަށް ވަން މީހުން ދިޔައީ އެތަނުގެ ތެރޭގައި ފޮޓޯތަކެއް ނެގުމަށްފަހު ކަމަށް ވެސް މައުލޫމާތު ދިން ފަރާތްތަކުން ކަށަވަރުކޮށްދިނެވެ.