ބަންޑާރަނައިބުން ދޭ ގާނޫނީ ލަފާތަކުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކަށް ޒިންމާކުރުވަން ޖެހޭ: ޒަރިޔަންދު

ފޯރަމެއްގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ: ދައުލަތަށް ލިބޭ ގެއްލުންތަކަށް ބަންޑާރަނައިބުން ފަރުދީ ގޮތުން ވެސް ޒިންމާކުރަން ޖެހޭ --- ފޮޓޯ: އަދަދު

ފޯރަމެއްގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ: ދައުލަތަށް ލިބޭ ގެއްލުންތަކަށް ބަންޑާރަނައިބުން ފަރުދީ ގޮތުން ވެސް ޒިންމާކުރަން ޖެހޭ --- ފޮޓޯ: އަދަދު

ދައުލަތުގެ ބަންޑާރަ ނައިބުން ދެއްވާ ގާނޫނީ ލަފާތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ވަމުންދާތީ، އެ ކަންކަމުގައި އިހުމާލުވާ ވެރިން ޒާތީ ގޮތުން ޒިންމާދާރުކުރުވައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޒަރިޔަންދު އެކްސްގައި ވިދާޅުވި ގޮތުގައި ދައުލަތުގެ މަގާމުތަކަކީ ހަމައެކަނި އިމްތިޔާޒު ލިބޭ ތަންތަނަށް ވެގެން ނުވާނެ އެވެ. އަދި ވެރިން ނިންމާ ނިންމުންތަކުގެ ބުރަ އުފުލަން ޖެހޭ ބަޔަކަށް ރައްޔިތުން ވެގެން ނުވާނެ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދު މި މައްސަލަ ނެންގެވީ މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިރުޝާދުގެ ދަށުން މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސް ހަވާލުކުރި ޕްރޮޖެކްޓުތަކަކާ ގުޅުވަ އެވެ. މި ގަވާއިދުގެ ދަށުން އުޝާމް ވަނީ އޭނާގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ ކުންފުންޏަށް ބީލަމަކާ ނުލައި 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފަ އެވެ.

Advertisement

މީގެ އިތުރުން ރަސްމާލެއިން ބޭރުގެ އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމުގެ އެއްބަސްވުމަށް ގާނޫނީ ލަފާ ދެއްވި ކަމަށް ވެސް އުޝާމް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ގޮސް، ދައުލަތުގެ ބިމުގެ ބާރު ގެއްލި ބޮޑު ދަރަންޏަކާ ކުރިމަތިލާން ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

"މީގެ ކުރިން އެއާޕޯޓު އަނބުރާ ހޯދުމުގައި މާލިއްޔަތަށް އެންމެ ލުއިވާނެ ގާނޫނީ ހައްލެއް ނުހޯއްދަވައި، އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ޖީއެމްއާރު އެއްބަސްވުން ބާތިލުކުރުމަށް ދެއްވި ލަފަ އާއި، މިދިޔަ ދައުރުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އެކި ފަރާތްތަކަށް ބަދަލުދިނުމަށް ދެއްވި ލަފާތަކަށް ބިނާކޮށް ދިވެހި ދައުލަތުން ވަނީ ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ދޫކޮށްފަ." އޭނާ ވިދާޅުވި އެވެ. 

މި ފަދަ ލަފާތަކުގެ ސަބަބުން ދައުލަތަށް ލިބެން އޮތް ފައިދާއަކުން މަހުރޫމުވެފައިވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއެއް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވޭތޯ ގާނޫނުލްއުގޫބާތުގެ ދަށުން ބަލަން ޖެހޭނެ އެވެ.

އެހެންކަމުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާ ވެރިންނަށް ޖިނާއީ ދައުވާ އުފުލައި، އެ މީހުންގެ ކިބައިން ގެއްލުމުގެ ބަދަލު ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox