ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް ކާފިއު އިއުލާންކޮށްފި

Oct 20, 2026, 3:30 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކާއި ވައްކަންކުރުމުގެ އަމަލުތަކާ ގުޅިގެން، ވެރިރަށް ޕެރިހުގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފި އެވެ.

ޕެރިހުގެ ފުލުހުން ބުނި ގޮތުގައި، މިދިޔަ ހަފުތާ ބަންދުގައި މުޒާހަރާގެ ބައިވެރިން އެއްވި ޕްލޭސް ޑި ލަ ރިޕަބްލިކް ސަރަހައްދާއި ލެ ހާލްސް ވިޔަފާރި ސަރަހައްދުގައި ކާފިއު ހިންގާނީ އެ ގައުމުގެ ގަޑިން ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 06:00 އަށެވެ.

މީގެ އިތުރުން، ޕެރިހުގެ މެދުތެރޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ހުއްދަ ނެތި އެއްވުންތައް ބޭއްވުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ފަރަންސޭސިވިލާތުގެ ދެކުނުގެ ސިޓީތައް ކަމަށްވާ މާސޭ، ބޯޑޯ، ނީސް އަދި ލިޔޯންގެ އިތުރުން އުތުރުގެ ލިލް އާއި އެހެނިހެން އަވަށްތަކުގައި ޒުވާނުން ބޭރަށް ނުކުމެ އުޅުމާއި އެއްވުންތައް ވަކި އުސޫލުތަކެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވަނީ ބައެއް ސިޓީތަކުގެ ކަންކަން ފުލުހުންގެ "ކޮންޓްރޯލުން ނެއްޓިފައިވާ" ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް، އޭނާ ހުށަހެޅުއްވި އިސްތިއުފާ ރައީސް އެމަނުއަލް މެކްރޮން ވަނީ ގަބޫލެއް ނުކުރެއްވި އެވެ.

މިދިޔަ މަހު ފެށި މި މުޒާހަރާތަކަކީ ދަރިވަރުން ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައި ފެށި މުޒާހަރާތަކެއް ނަމަވެސް، މިހާރު މި މުޒާހަރާތައް ވަނީ ފުޅާވެ، ގިނަ ކަންބޮޑުވުންތަކެއް ހިމެނޭ ހަރަކާތަކަށް ބަދަލުވެފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި ބޭއްވި މުޒާހަރާތަކުގައި ލޭބާ ޔޫނިއަންތަކާއި އެކި ޖަމާއަތްތަކުން ބައިވެރިވުމުން މުޒާހަރާގެ ބައިވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

 ރަސްމީ އިދާރާތަކުން ހާމަކުރި ގޮތުގައި މިހާތަނަށް 2,500 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަން ބޭނުންކުރި ގްރެނޭޑެއް ގޮވައިގެން އެކަކުގެ އަތް ވަނީ ބުރިވެފަ އެވެ. އަދި މި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1,000 ފުލުހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

ހޯމަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު، ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ ކާފިއު ހިންގާނެ ވަކި ސިޓީތަކެއް ކަނޑަނޭޅި ނަމަވެސް، ބޭނުންވާ ސަރަހައްދުތަކުގައި ކާފިއު ހިންގުމުގެ ބާރު މިހާރު މޭޔަރުންނަށް ދީފައިވާ ކަމަށެވެ.

ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ފުރުސަތު އޮތް ކަމަށް އިޝާރާތް ކުރައްވަމުން ބޮޑުވަޒީރު ލެކޯނޫ ވިދާޅުވީ، ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ފައިސާ ހަމަޖައްސާނެ ކަމަށާއި، ނަމަވެސް އެ ފައިސާ ހޯދާނީ ހަމަނުޖެހުން ހިންގި މީހުންގެ އަތުން ކަމަށެވެ.

މީގެ އިތުރުން، ހަމަނުޖެހުންތަކާއި ވައްކަންކުރުމުގެ އަމަލުތަކާ ގުޅިގެން މަސައްކަތަށް ނުކުމެވެން ނެތް މީހުންނަށް އެހީތެރިވުމަށްޓަކައި ވަގުތީ ގޮތުން ވަޒީފާ ނެތް މީހުންނަށް ދޭ ފަންޑެއް ވެސް އޭނާ އިއުލާން ކުރެއްވި އެވެ.

މި ދަނޑިވަޅުގައި އިންޓީރިއާ މިނިސްޓަރު ނޫނޭޒް ވިދާޅުވީ، ހަމަނުޖެހުންތަކުގެ އަސްލު މޭސްތިރިން ދެނެގަތުމަށްޓަކައި 200 އިންވެސްޓިގޭޓަރުން ސީސީޓީވީ ފުޓޭޖްތައް ދިރާސާ ކުރަމުންދާ ކަމަށެވެ.

ފަރަންސޭސިވިލާތުގެ ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ސީސީއައި) ގެ ވެރިޔާ ވިދާޅުވި ގޮތުގައި، މިދިޔަ ހަފުތާ ބަންދުގެ ހަމަނުޖެހުންތަކުގެ ސަބަބުން 2,000 އަށްވުރެ ގިނަ ފިހާރަ އާއި ވިޔަފާރިތަކަށް ވަނީ ސީދާ ގޮތުން އަސަރުކޮށްފަ އެވެ.

ފަރަންސޭސި ސަރުކާރުގެ ދެ ވަޒީރަކު ވިދާޅުވި ގޮތުގައި، ހަމަނުޖެހުންތަކުގެ ތެރެއިން ވަގަށް ނަގާފައިވާ މުދާ ބައެއް އޮންލައިން ޕްލެޓްފޯމްތަކުގައި ވިއްކަން ޖަހާފައިވެ އެވެ. އޮންލައިންކޮށް މުދާ ވިއްކާ ޕްލެޓްފޯމެއް ކަމަށްވާ "ވިންޓެޑް" ގެ ތަރުޖަމާނަކު ބުނީ ވަގަށް ނަގާފައިވާ މުދާ ވިއްކުމަކީ "މުޅިން މަނާ" ކަމެއް ކަމަށެވެ.

ތެލުގެ އަގު ބޮޑުވުމާއި، ދިރިއުޅުމުގެ ހަރަދުތައް އުފުލުމާއި، ސްކޫލްތައް ހިމެނޭހެން އާންމު ހިދުމަތްތަކުގެ ފެންވަރު ދަށްވުމާ ދެކޮޅަށް މިދިޔަ ހަފުތާ ބަންދުގައި ގާތްގަނޑަކަށް 550,000 މީހުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

މެގަސްޕީޑުން އެލިސް ހުއާން 2025 ގައި ވަކިވެފައިވޭ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އެލިސް ހުއާން، މެގަސްޕީޑް ކުންފުނީގެ މަގާމުން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތަކާ ހިލާފަށް ޗައިނާއަށް އޭއައި ޗިޕްތައް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި މެގަސްޕީޑުން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައެވެ.

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox