އެފްރިކަން ކަޕް ފައިނަލްގެ މައްސަލަ އަންނަ މަހު ފަހުކޮޅު ކޯޓުން ނިންމަނީ

Oct 20, 2026, 7:00 AM
އެފްރިކަން ކަޕް ފައިނަލުގައި ސެނެގާލާއި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން.

އެފްރިކަން ކަޕް ފައިނަލުގައި ސެނެގާލާއި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން.

ޒިއުރިކް (އޮކްޓޫބަރު 20) -  ސެނެގާލް ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ ބަލައި، އެފްރިކަން ކަޕްގެ ތަށި ސެނެގާލް އަތުން އަތުލައި، މޮރޮކޯ އަކީ މުބާރާތުގެ ޗެމްޕިއަންކަމަށް އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން ނިންމި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އަންނަ މަހު ފަހުކޮޅު ނިމުމަކާ ހަމައަށް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

މިދިޔަ ޖެނުއަރީ މަހު، ސެނެގާލުން 1-0 އިން މޮރޮކޯ ބަލިކޮށް އެފްރިކަން ކާމިޔާބުކުރި ފައިނަލު ނިމުނުތާ 57 ދުވަސް ފަހުން، ކާފްގެ އެޕީލް ކޮމިޓީ އިން ނިންމީ މޮރޮކޯ އަކީ ޗެމްޕިއަން ކަމުގަ އެވެ. އެ ނިންމުމަށް ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އެފްރިކަން ކަަޕްގެ ފައިނަލް މެޗު ނުނިމެނިސް، ސެނެގާލުން ދަނޑުން ފޭބި މައްސަލަ ކާފް އަށް ހުށަހެޅީ މޮރޮކޯ އިންނެވެ. މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކޮށް، ގަވާއިދުތަކަށް ބެލުމަށް ފަހު، ކާފްގެ އެޕީލް ބޯޑުން ނިންމީ، ސެނަގާލުން ދަނޑުން ފޭބުމާ އެކު، އެ ހިސާބުން މެޗު ފޯފެއިޓްވެ، 3-0 އިން މޮރޮކޯ އަށް މެޗު ލިބުނީ ކަމަށެވެ.

Advertisement

އެއާ އެކު، ސެނެގާލް އެފްއޭ އިން ނިންމީ އެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ. 

ސްވިޒަލެންޑްގެ ލުޒޭންގައި ހުންނަ ކާސްގެ ހެޑްކުއާޓަރުގައި މި މައްސަލަަައިގެ އަޑުއެހުންތައް މި މަހު ކުރީކޮޅުން ފެށިގެން މިހާރު ކުރިއަށް އެބަދެ އެވެ. ކާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު މައްސަލައިގެ ކަންކަން ކުރިއަށްދާ ގޮތަށް ބަލާއިރު، ނޮވެމްބަރު ފަހުކޮޅަށް ނިމުމަކާ ހަމައަށް އާދެވޭނެ އެވެ. 

ކާސްގެ ޑިރެކްޓަރު ޖެނެރަލް، މެތިއު ރީބް ވިދާޅުވީ، މި ފަަދަ މައްސަލައެއް ކޯޓުގައި ހިނގާއިރު، މި ކަމުގައި ޝާމިލުވާ ފަރާތްތަކަށް އެކި ކަހަލަ އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އެކަމަކު، ކާސް އިން ބޭނުންވަނީ ހުރިހާ ފަރާތެއްގެ ހައްގުތައް ރައްކާތެރިކޮށް މައްސަަލަ ނިންމުމަށް ކަމަށް ރީބް ވިދާޅުވެފައިވެ އެވެ. 

އެފްރިކަން ކަޕް ފައިނަލަށް ކަޅިއެއް

އެފްރިކަން ކަޕްގެ ފައިނަލް މެޗުގެ ތެރޭގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 17 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ.

ހާލަތު ހަމަޖައްސައި، މެޗުގެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ. އެކަމަކު، ސެނެގާލް އަތުން ތަށި ނަގަން މިހާރު ކާފް އިން މި އޮތީ ނިންމައިފަ އެވެ. އެކަމަކު، ކާސް އިން އެ ނިންމުން ބަދަލުކޮށް، ސެނެގާލް އަކީ ޗެމްޕިއަންގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox