ސައުދީ މިސްކިތެއްގައި "ބަދުއަހުލާގީ އަމަލު" ހިންގި ބަންގްލަދޭޝް ދެ މީހުންނަށް މަރުގެ އަދަބު ދީފި

Oct 20, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ މައްކާގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކަށް މަރުގެ އަދަބު ދިންކަން އެނގުނީ އެކަން ތަންފީޒުކޮށް ނިމުނު ފަހުން ކަމަށް ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ބުދަ ދުވަހު މަރުގެ އަދަބު ދީފައިވަނީ މިސްކިތެއްގެ ތެރޭގައި "ބަދުއަހުލާގީ އަމަލެއް" ހިންގިކަން ސާބިތުވި ބަންގްލަދޭޝްގެ ފިރިހެނަކަށާއި އަންހެނަކަށެވެ. ނަމަވެސް، އެ މީހުން ހިންގީ ކޮން ކަހަލަ އަމަލެއް ކަމެއް އެ މިނިސްޓްރީން ސާފުކޮށްދީފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހޯދުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރާ ގުޅަމުން އަންނަ ކަމަށް ބަންގްލަދޭޝް އިން ވަނީ ބުނެފަ އެވެ. މި ދެ ގައުމަކީ ދީނީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ.

ސައުދީ އަރަބިއްޔާގައި ތިން މިލިއަނަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅެމުންދާ އިރު، އޭގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ އާމްދަނީ މަދު ވަޒީފާތަކުގަ އެވެ. މި ދެ މީހުންނަށް މަރުގެ އަދަބު ދިން ޚަބަރާއެކު ބަންގްލަދޭޝްގެ އާންމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، ބަންގްލަދޭޝްގެ މި ދެ ރައްޔިތުންގެ މައްޗަށް މަރުގެ ހުކުމް އިއްވީ އިސްލާމީ ޝަރީއަތުގެ "ތައުޒީރު" ގެ ދަށުންނެވެ. ތައުޒީރީ އަދަބަކީ ކުށުގެ ބާވަތަށް ބަލައި އަދަބު ކަނޑައެޅުން ފަނޑިޔާރުގެ އިޚުތިޔާރަށް ދޫކޮށްލެވިފައިވާ އަދަބުތަކެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެ މީހުންނަށް އެ އަދަބު ދިނީ އެ މީހުން ކުރި ކުށުގެ ނުރައްކާތެރިކަމުންނާއި، މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާތީ ކަމަށެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް ޝަމާ އޮބައިދު އިސްލާމް ވިދާޅުވީ، އެ މީހުން ކުރި ކުށާއި ޝަރީއަތް ކުރިއަށްދިޔަ ގޮތުގެ ތަފުސީލު ހޯދުމަށް ސައުދީ ސަރުކާރާ މުއާމަލާތް ކުރަމުންދާ ކަމަށެވެ.

ސައުދީގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ލިބުމުން، އެ މީހުންގެ ހަށިގަނޑު އަނބުރާ ގައުމަށް ގެނައުމާ މެދު ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް ޝަމާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގައުމުން ބޭރުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓް ޖެނެރަލްގެ އެދުމަކަށް ސައުދީން ހިއްސާކުރި ގައިދީންގެ ލިސްޓުގައި މަރުގެ އަދަބު ދިން މި ދެ މީހުންގެ ނަން ހިމެނޭ ކަމަށް "ދަ ޑެއިލީ ސްޓާ" ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެ ލިސްޓުގައި އެ މީހުންނަށް މަރުގެ ހުކުމް އިއްވާފައިވާ ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.

މިއީ ސައުދީ އަރަބިއްޔާގައި ބޭރު ގައުމެއްގެ ރައްޔިތަކަށް މަރުގެ އަދަބު ދިން ފުރަތަމަ ފަހަރެއް ނޫނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި، ސައުދީން ވަނީ މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 100 މީހުންނަށް މަރުގެ އަދަބު ދީފަ އެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ މީހުން ހިމެނެ އެވެ.

މީގެ ކުރިން 2011 ވަނަ އަހަރު ވެސް، މިސްރުގެ މީހަކު މަރާލިކަން ސާބިތުވެގެން ބަންގްލަދޭޝްގެ އަށް ފިރިހެނަކަށް ސައުދީގެ ވެރިރަށް ރިޔާދުގައި އާންމުންގެ ކުރިމަތީގައި މަރުގެ އަދަބު ދީފައިވެ އެވެ.

މި މަހުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއިން ވަނީ ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ދީނަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވި ސްްރީލަންކާގެ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފަ އެވެ. އެ ނިންމުން ނިންމާފައިވަނީ އެ މައްސަލައާ ގުޅިގެން ސްްރީލަންކާގައި އާންމުންގެ ބޮޑު ކަންބޮޑުވުމެއް އުފެދި، އެ މީހާއަށް މައާފު ހޯދައިދިނުމަށް ޑިޕްލޮމެޓިކް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

މެގަސްޕީޑުން އެލިސް ހުއާން 2025 ގައި ވަކިވެފައިވޭ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އެލިސް ހުއާން، މެގަސްޕީޑް ކުންފުނީގެ މަގާމުން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތަކާ ހިލާފަށް ޗައިނާއަށް އޭއައި ޗިޕްތައް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި މެގަސްޕީޑުން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައެވެ.

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox