އިންޑިއާ ފުލުހުން ނޫސްވެރިންނަށް އަނިޔާކުރާކަމުގެ ތުހުމަތު

Oct 15, 2026, 7:34 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާ ބަންދުގައި ޒުވާނުން ކުރި މުޒާހަރާތައް ކަވަރުކުރި ނޫސްވެރިންނަށް އެ ގައުމުގެ ފުލުހުން ހުރަސްއަޅާފައިވާ ކަމަށް ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކޮށްފި އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ވާޖިބު އަދާކުރަމުންދިޔަ އެތައް ނޫސްވެރިންނެއް ހިފަހައްޓައި، އެ މީހުންނަށް ވަނީ އަނިޔާކޮށްފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ބުނި ގޮތުގައި، ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި އިސްލާހާ ދެކޮޅަށް ޒުވާނުން ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރޭގައި 30 އަށް ވުރެ ގިނަ ނޫސްވެރިން ވަގުތީ ގޮތުން ހައްޔަރުކުރި އެވެ. މި އަމަލަކީ އިންޑިއާގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އެ ޖަމާއަތްތަކުން ފާހަގަކުރެ އެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނީ މި ހާދިސާތަކަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، މިއީ އިންޑިއާގެ ޑިމޮކްރެޓިކް އުސޫލުތަކަށް ލިބުނު ހުތުރެއް ކަމަށެވެ. އަދި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ނޫސްވެރިންނަށް ހުރަސްއެޅި ފުލުހުން ޖަވާބުދާރީ ކުރުވުމަށް އެ ޖަމާއަތުން ވަނީ އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.

ދިއްލީ ފުލުހުން ބުނި ގޮތުގައި ބައެއް މުޒާހަރާވެރިން ނޫސްވެރިންގެ ގޮތުގައި ހެދިގެން އުޅެ، ފުލުހުންގެ މަސައްކަތަށް ވަނީ ހުރަސްއަޅާފަ އެވެ. ނަމަވެސް، މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންގެ ތެރެއިން، ނޫސްވެރިއެއްކަން އަންގައިދޭ ކާޑު އަޅައިގެން ތިބި ބައެއް މީހުން ފުލުހުން ދަމާފައި ގެންގޮސް ހައްޔަރުކުރާ މަންޒަރު ވަނީ ފެނިފަ އެވެ.

މި ހާދިސާއާ ގުޅިގެން، މަސައްކަތުގެ މައިދާނުގައި ނޫސްވެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އެދި ވަކީލުންގެ ގުރޫޕަކުން އާދިއްތަ ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެ ކޯޓުން ވަނީ ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަނަށް ވުރެ ގިނަ މީހުންގެ ނަން އުނިކޮށްފައިވާތީ، އެކަމާ ދެކޮޅަށް ކުރާ މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށާއި، މީގެ ސަބަބުން އެތައް މިލިއަން ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ އެވެ. އިދިކޮޅު ޕާޓީތަކާއި މުޒާހަރާވެރިން ދަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

އިލެކްޝަން ކޮމިޝަނާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ބުނާ ގޮތުގައި، ވޯޓުލާ މީހުންގެ ލިސްޓު އިސްލާހު ކުރަނީ އެއް ނަމެއް ދެ ފަހަރަށް އޮތުމާއި، ޝަރުތު ހަމަނުވާ މީހުންގެ ނަންތައް ލިސްޓުން އުނިކުރުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox