"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

Oct 13, 2026, 6:32 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް، ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާ ކުރުމަށް މަޝްހޫރު ތާރީޚީ ބިނާއެއް ކަމަށްވާ ޖަންތަރު މަންތަރަށް ވަދެގަތުމުން އަންގާރަ ދުވަހު ފުލުހުން އެ މީހުން ހައްޔަރުކޮށްފި އެވެ.

މި ހަރަކާތުގެ ބައިވެރިން އެ ސަރަހައްދަށް ވަދެފައިވަނީ ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް މަތިން ފުންމާލައިގެންނެވެ.

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އާއި އިދިކޮޅު އިއްތިހާދުތަކަށް ތާއީދުކުރާ ފަރާތްތަކުން މި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުޒާހަރާ ކުރަމުންދަނީ، ވޯޓާ ލިސްޓަށް ގެނައި ބަދަލުތަކަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާ ގޮތަށް ގެނައި ބަދަލުތަކެއް ކަމަށް ބުނެ، އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލަ އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ވަކި ގޮތަކަށް އަމަލުކޮށްފައި ނުވާނެ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ވޯޓާ ލިސްޓުން ނަން އުނިވެފައިވާ ފަރާތްތަކަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާއިރު، ވެރިކަންކުރާ ބީޖޭޕީން ވަނީ އިދިކޮޅު ފަރާތްތަކުން އިންތިޚާބީ ސައްހަ ނިޒާމާ މެދު ސުވާލު އުފައްދައި ޑިމޮކްރަސީ ބަލިކަށި ކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނިމިދިޔަ ހަފުތާ ބަންދުގައި ސީޖޭޕީން ބާއްވަން އުޅުނު މުޒާހަރާ ފުލުހުން ހުއްޓުވައި، އެ ޕާޓީގެ ލީޑަރުން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކުރުމާ ގުޅިގެން، ހޯމަ ދުވަހު އިދިކޮޅު ޖަމާއަތްތަކުން ބޭއްވި މުޒާހަރާގެ ހިނގާލުމުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މެދުތެރޭގައި ހުންނަ ޖަންތަރު މަންތަރަކީ މުޒާހަރާ ކުރަން ރަސްމީކޮށް ހުއްދަ އޮންނަ ތަނެއް ނޫން ކަމަށް ދިއްލީ ފުލުހުން ހޯމަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ. އަދި މުޒާހަރާ ކުރުމަށްޓަކައި އާ ތިން ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ސީޖޭޕީން ބުނި ގޮތުގައި އެ ޕާޓީގެ ލީޑަރުން ކަމަށްވާ އަޝުތޯޝް ރަންކާ އާއި ސޯރަވް ދާސް އަދި އަޖިންކިޔާ ޝިންޑޭ ހިމެނޭހެން 20 ވޮލަންޓިއަރުން ވަނީ ފުލުހުންނަށް ސިއްރުން ޖަންތަރު މަންތަރަށް ވަދެފަ އެވެ. އެ މީހުން އެ ތަނަށް ވަނީ އެއީ މުޒާހަރާ ކުރާ ތަނެއްގެ ގޮތުގައި އަލުން ކަނޑައެޅުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެ ސަރަހައްދަށް ވަނުމާއެކު ފުލުހުން ވަނީ އެ އެންމެން ހައްޔަރުކޮށްފަ އެވެ.

އެ ހަރަކާތުގެ ބައިވެރިން ހައްޔަރުކުރުމާ ގުޅިގެން، އެ ހަރަކާތް އުފެއްދި އަބީޖީތު ދިޕްކޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައްޔިތުންގެ އިހުތިޖާޖު ކުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox