ވައި ތަގައްޔަރުވެ ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލްތައް ބަންދު

Oct 13, 2026, 1:07 PM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން ވައި ނުސާފުވެ، ސިއްހީ ނުރައްކާ ބޮޑުވެފައިވާތީ، ދުމުގެ އަސަރު ކުރާ މީހުންނަށް ފަރުވާ ދިނުމަށް ސިންގަޕޫރު ސަރުކާރުން ހާއްސަ ސަބްސިޑީތަކެއް ހޯމަ ދުވަހު ތައާރަފުކޮށްފި އެވެ.

ހަމައެއާއެކު، އަވަށްޓެރި މެލޭޝިއާގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ފެންވަރު އިންތިހާއަށް ދަށްވުމުގެ ސަބަބުން އެ ގައުމުގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.

ސްވިޒަލޭންޑުގެ އެއާ ކޮލިޓީ މޮނިޓަރެއް ކަމަށްވާ "އައިކިއު އެއާ" އިން ހާމަކުރި ގޮތުގައި، ހޯމަ ދުވަހު ވެސް ދުނިޔޭގެ އެންމެ ވައި ނުސާފު ސިޓީގެ ގޮތުގައި ރޭންކު ކުރެވިފައި ވަނީ ސިންގަޕޫރެވެ. މިއީ އިންޑޮނޭޝިއާގެ ބޯނިއޯ އަދި ސުމަޓްރާ ރަށްތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދޭ ވިހަ ދުމުގެ ސަބަބުން ދިމާވެފައިވާ ހާލަތެކެވެ. މި އަލިފާންގަނޑުތައް އިތުރަށް ވަރުގަދަވެފައި ވަނީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުންނެވެ.

މި އަލިފާންގަނޑުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ދުން ބޯވެފައިވާއިރު، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން އެތައް ހާސް ކޭސްތަކެއް ވަނީ ރިޕޯޓްކޮށްފަ އެވެ.

ސިންގަޕޫރުގެ ރައްޔިތުންނަށް ދުމުގެ އަސަރުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް އަގުހެޔޮކޮށް ފަރުވާ ހޯދޭނެ އިންތިޒާމުތަކެއް އެ ގައުމުގެ ސަރުކާރުން ހޯމަ ދުވަހު ވަނީ ހަމަޖައްސައިފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ސަބްސިޑީގެ ދަށުން ނޭފަތުގެ އެލާޖީ، ނޭވާހީއްލުން، ބްރޮންކައިޓިސް، ލޮލުގެ ބަލިތައް، ފުއްޕާމޭގެ ދާއިމީ ބަލިތައް އަދި ނޭވާލާ ނިޒާމުގެ މަތީބައިގެ އިންފެކްޝަންތަކާއި އޭގެ ސަބަބުން ދިމާވާ އިތުރު އުނދަގޫތަކަށް ފަރުވާ ދެވޭނެ ކަމަށެވެ.

މި އެހީގެ ދަށުން، ޝަރުތު ހަމަވާ ގިނަ ސިންގަޕޫރު ރައްޔިތުންނަށް ފަރުވާގެ އަގު 10 ސިންގަޕޫރު ޑޮލަރަށް ވުރެ ބޮޑު ނުވާނެ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އުމުރުން 67 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނަށް މި އަގު އުޅެނީ 5 ސިންގަޕޫރު ޑޮލަރުގަ އެވެ.

ސިންގަޕޫރުން އެންމެ ފަހުން މިފަދަ ސަބްސިޑީ ސްކީމެއް ތައާރަފުކުރީ 2015 ވަނަ އަހަރު އެވެ. އެ އަހަރު އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން މުޅި ދެކުނު އިރުމަތީ އޭޝިއާގައި ހަފުތާތަކެއް ވަންދެން ވިހަ ދުން ފެތުރި، ގިނަ ބަޔަކު ބަލިވެ، ސްކޫލްތައް ބަންދުކޮށް އަދި ފްލައިޓްތައް ވެސް ކެންސަލް ކުރަން ޖެހުނެވެ.

އަވަށްޓެރި މެލޭޝިއާގެ ވައިގެ ފެންވަރު ކުޑަކޮށް ރަނގަޅުވުމާ ގުޅިގެން ހޯމަ ދުވަހު ގިނަ ސަރަހައްދުތަކެއްގެ ސްކޫލްތައް އަލުން ހުޅުވި ނަމަވެސް، ދެކުނުގެ ޖޮހޯރު ސްޓޭޓާއި، ވެރިރަށް ކުއާލަލަމްޕޫރުގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ސެލަންގޯރު ސްޓޭޓްގެ ބައެއް ހިސާބުތަކުގައި ސްކޫލްތައް އަދިވެސް ހުރީ ބަންދުކޮށްފަ އެވެ.

ހޫނު މޫސުމުގައި އިންޑޮނޭޝިއާގައި ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް، ފާއިތުވި 40 އަހަރު ތެރޭގައި ރެކޯޑް ކުރެވުނު އެންމެ ވަރުގަދަ "އެލް ނީނޯ"އާ ގުޅިގެން މި އަހަރުގެ އަލިފާންގަނޑުތައް ވަނީ ކުރިއަށް ވުރެ ބޮޑަށް ވަރުގަދަވެފަ އެވެ.

މީގެ އިތުރުން، ދަނޑުވެރިކަން ކުރުމަށްޓަކައި ގަސްތައް އަންދައިގެން ބިން ސާފުކުރުމުގެ ސަބަބުން، ގުދުރަތީ ގޮތުން އަލިފާނުން ރައްކާތެރިވެފައިވާ ބިންތަކުގެ ފެންވަރު ބަދަލުވެފައިވާ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ފެތުރެމުންދާ މި ދުމުގެ ސަބަބުން ސަރަހައްދީ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.

މެލޭޝިއާގެ ބަޖެޓް އެއާލައިން "ފަޔާފްލައި" އިން ބުނި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުއާލަލަމްޕޫރު ކައިރީގައި އޮންނަ ސުލްތާން އަބްދުލް އަޒީޒް ޝާހް އެއާޕޯޓާއި ސިންގަޕޫރުގެ ސެލެޓާ އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ކެންސަލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox