ކުޑަކުދިންގެ ކެންސަރު: ބަލި އަވަހަށް ދެނެގަތުމަށް ސަމާލުވާންޖެހޭ

Oct 13, 2026, 7:33 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ކުޑަކުދިންގެ ކެންސަރު ބަލީގެ މާހިރެއް ކަމަށްވާ ޕްރޮފެސަރު ބޮބް ފިލިޕްސް ވިދާޅުވާ ގޮތުގައި، ގިނަ ދުވަހަށް ދެމިގެންދާ، ނުވަތަ ހާލަތު ގޯސްވަމުންދާ ނުވަތަ ބޮޑުވަމުންދާ އަލާމާތްތަކަށް ބެލެނިވެރިން ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައިވާ ކަންކަން ފާހަގަކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އޭނާ އިރުޝާދު ދެއްވަ އެވެ.

  • އާދަޔާ ހިލާފަށް ވަރުބަލިވުން
  • މާބޮޑަށް މޫނުމަތި ދޮންވެ، ފަނޑުވުން
  • ސަބަބެއް ނޭނގި ހަށިގަނޑުގެ އެކި ތަންތަން ނޫފައިގަތުން
  • ހަށިގަނޑުގައި އުފެދޭ ގަނޑުތަކާއި ދުޅަތައް ނުފިލައި ގިނަ ދުވަސްވުން ނުވަތަ ވަގުތާއެކު ބޮޑުވަމުންދިއުން

ބޮޑެތި މީހުންނާ އަޅާބަލާއިރު ކުޑަކުދިންގެ ހަށިގަނޑުގައި ކެންސަރު ފެތުރޭ މިންވަރު މާ އަވަހެވެ. މީގެ މައިގަނޑު ސަބަބަކީ ކުޑަކުދިން ހެދިބޮޑުވަމުންދާ ދުވަސްވަރު ކަމަށްވާތީ، ހަށިގަނޑުގެ ސެލްތައް އިތުރުވާ މިންވަރު އަވަސްވުމެވެ.

Advertisement

ކުޑަކުދިންނާއި ޒުވާނުންގެ ކެންސަރު ބައްޔާ ބެހޭ އިނގިރޭސި ޖަމިއްޔާ (ސީސީއެލްޖީ) ގެ މާހިރުން، ޕްރޮފެސަރު ފިލިޕްސް ހިމެނޭހެން ބާރުއަޅުއްވަނީ، މި ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލި ދެނެގަންނަ ވަގުތު އަވަސްކުރުމަށެވެ.

އެގޮތުން ސިއްހީ މާހިރުންނަށް ހާއްސަ "ތިނެއްގެ އުސޫލެއް" ވަނީ ކަނޑައަޅާފަ އެވެ. އެއީ ކުއްޖެއްގެ ކިބައިން ތިން އަލާމާތެއް މެދުނުކެނޑި ފެންނަނަމަ، ނުވަތަ އެއް މައްސަލައެއްގައި ތިން ފަހަރު ޑޮކްޓަރަށް ދައްކާފައިވާނަމަ، ނުވަތަ ސަބަބެއް ނޭނގޭ އަލާމާތްތަކެއް ފެންނަތާ ތިން ހަފުތާ ވެފައިވާނަމަ، އެ ކުއްޖަކު އިތުރު ތަހުލީލުތަކަށް ރިފަރަލް ފޮނުވުމެވެ.

ނުރައްކާތަކެއް ހުރި ނަމަވެސް، 1970 ގެ އަހަރުތަކާ އަޅާބަލާއިރު ކެންސަރު ބަލިން ސަލާމަތްވާ ކުދިންގެ ނިސްބަތް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބަލި ދެނެގަނެވޭ ކުދިންގެ ތެރެއިން ކޮންމެ 10 ކުއްޖަކުން އަށް ކުދިން، ބަލި ދެނެގަންނަތާ ފަސް އަހަރާއި 10 އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ދެމިތިބެ އެވެ.

މައުލޫމާތު: ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox