އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

Oct 12, 2026, 8:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ވިހިވަނަ ގަރުނުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ހައިރާން ކުރުވަނިވި ހާދިސާ ކަމަށްވާ، މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް 1937 ވަނަ އަހަރު ގެއްލުމާ ގުޅޭ އާ ހެކިތަކެއް ހޯދުމަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ޕެސިފިކް ކަނޑުގެ ހުޅަނގު ބިތުގައިވާ ކުޑަ ރަށަކަށް ދަތުރު ފަށައިފި އެވެ.

އެމީލިއާ އިއާހާޓްގެ ހަނދާންތަކާ ގުޅިފައިވާ ޕާޑިއު ޔުނިވާސިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ދަތުރުގެ މަގްސަދަކީ، މީގެ ހަ އަހަރު ކުރިން ސެޓެލައިޓް ފޮޓޯތަކުން އެ ރަށުގެ ފަޅުތެރެއިން ފެނުނު އެއްޗަކީ އިއާހާޓް ދަތުރުކުރި "ލޮކްހީޑް އިލެކްޓްރާ 10-އީ" މަރުކާގެ ދެ އިންޖީނުލީ ބޯޓުގެ ބައިތައްތޯ ކަށަވަރު ކުރުމެވެ.

މި ބޯޓުގެ ބައިތައް ފެނިއްޖެނަމަ، ބައެއް ތަހުގީގުވެރިން ގަބޫލުކުރާ ގޮތަށް، އިއާހާޓް އާއި އޭނާގެ ނެވިގޭޓަރު ފްރެޑް ނޫނަން، ތެޔޮ އެޅުމަށް ކަނޑައަޅާފައިވާ މަންޒިލާ އެތައް ސަތޭކަ މޭލެއް ދުރުގައިވާ މި މުރަކަ ރަށަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ، އެ ރަށުގައި ތާށިވެ މަރުވީކަން ކަށަވަރުވާނެ އެވެ.

Advertisement

މި މަހުގެ ކުރީކޮޅު ލޮސް އެންޖެލިސް އިން ފުރި މި ޓީމު، ކިރިބަތީ ރިޕަބްލިކްގެ ފީނިކްސް އައިލެންޑްސްގައި ހިމެނޭ ފަޅު ރަށެއް ކަމަށްވާ ނިކުމަރޯރޯ އަށް 13 އޮކްޓޯބަރުގައި ދާނެ އެވެ.

މި މިޝަންއާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި، އޮރެގަންގެ ޔޫޖީންގައި ހުންނަ އާކިއޮލޮޖިކަލް ލެގަސީ އިންސްޓިޓިއުޓްގެ ވެރިޔާ އަދި ޕާޑިއު ޔުނިވާސިޓީއާ ގުޅިގެން މި މަސައްކަތް އިސްކޮށް ބަލަހައްޓަވާ ރިޗަޑް ޕެޓިގްރޫ ވިދާޅުވީ، އިއާހާޓްގެ އިލެކްޓްރާ ބޯޓު ފެނުމަކީ އޭނާގެ މުޅި އުމުރުގައި ވެސް ހޯދޭނޭ އެންމެ ބޮޑު ހޯދުމަށް ވާނެ ކަމަށެވެ.

މި ދަތުރުގެ ތައްޔާރީތަކަށް މިދިޔަ ހަފުތާގައި ފިޖީގައި ހުންނެވި، ޕާޑިއު ޔުނިވާސިޓީގެ ޖެނެރަލް ކައުންސެލް އަދި މި އެކްސްޕެޑިޝަންގެ މެންބަރު ސްޓީވް ޝުލްޓްޒް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ އޭވިއޭޝަން ތާރީޚުގައި އަދި ޚާއްސަކޮށް 20 ވަނަ ގަރުނުގައި ދިމާވި އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުން ކަމަށެވެ.

ނަމަވެސް، މި މިޝަން ކާމިޔާބުވާނެ ކަމާ މެދު ޝައްކު އުފައްދާ ފަރާތްތައް ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި އިއާހާޓްގެ މައްސަލަ ދިރާސާކުރާ ވާދަވެރި އެކްސްޕްލޯރާ، "ދަ އިންޓަނޭޝަނަލް ގްރޫޕް ފޯ ހިސްޓޮރިކް އެއާކްރާފްޓް ރިކަވަރީ" (ޓައިގާ) ގެ ކޯ-ފައުންޑަރު ރިކް ގިލެސްޕީ ހިމެނެ އެވެ. އޭނާއަކީ 2024 ވަނަ އަހަރު ނެރުނު "ވަން މޯ ގުޑް ފްލައިޓް: ދަ އެމީލިއާ އިއާހާޓް ޓްރެޖެޑީ" ފޮތުގެ މުސައްނިފު ވެސް މެއެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މީގެ މިޝަން ކުރިއަށް ގެންދިޔަ ނަމަވެސް ކާމިޔާބެއް ނުވެ އެވެ. އެމީލިއާ އިއާހާޓް އެންމެ ފަހުން ފެނުނީ ޖުލައި 2، 1937 ގަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި އޭނާގެ މަތިންދާބޯޓު ވަނީ ވެއްޓިފަ އެވެ. ނަމަވެސް މިހާތަނަށް އެ ބޯޓުގެ ބައިތައް އަދި އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ.

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox