ފަލަމަސްގަނޑުގައި ޑްރަގު ބަނދެގެން އުފުލަން އުޅުނު މީހަކު 50 އަހަރަށް ޖަލަށް

Oct 4, 2026, 5:18 PM
ޑްރަގުތައް އުފުލަން އުޅުނު މައްސަލައިގައި ހުކުމްކުރި ފަސީހު: ކޯޓުގައި ފަސީހު ބުނީ އޭނާއަކީ ހިއުމަން ޓްރެފިކިން ވިކްޓިމްއެއް ކަމަށް --- ފޮޓޯ: ފުލުހުން

ޑްރަގުތައް އުފުލަން އުޅުނު މައްސަލައިގައި ހުކުމްކުރި ފަސީހު: ކޯޓުގައި ފަސީހު ބުނީ އޭނާއަކީ ހިއުމަން ޓްރެފިކިން ވިކްޓިމްއެއް ކަމަށް --- ފޮޓޯ: ފުލުހުން

ދެ ފައިގެ ފަލަމަސްގަނޑުގައި ބަނދެގެން ވައިގެ މަގުން މަސްތުވާތަކެތި އުފަލަން އުޅެނިކޮށް އެއާޕޯޓުން ހައްޔަރުކުރި މީހަކު، 50 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

މި މައްސަލައިގައި ށ. ނޫމަރާ، ހަވީރީގެ، އަބްދުﷲ ފަސީހު މިހާ ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމް ކުރީ، ދައުލަތުން އުފުލި ކެނެބިސް ޓްރެފިކް ކުރުމާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. މި ދެ މައްސަލައިގައި ވެސް އޭނާއަށް އުމުރު ދުވަހުގެ (25 އަހަރުގެ) ހުކުމް އިއްވާފައިވާއިރު، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ވެސް ކޯޓުން ވަނީ ނިންމާފަ އެވެ. 

ފަސީހު ޑްރަގުތަކާއެކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ، އޮކްޓޫބަރު 7، 2024 ގައި ގއ. ކޫއްޑޫއަށް ފުރަން ގޮސް ހުއްޓަ އެވެ. އޭނާގެ ގައިގައި ޑްރަގުތައް ބަނދެފައި ހުރިކަން އެނގުނީ، ބޮޑީ ސްކޭނަރު ތެރެެއިން ދިޔަ ވަގުތު އެލާމު އެޅުމުން، މަސްތުވާތަކެތި ހުންނާނެ ކަމަށް އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ގާތު އޭނާ އަމިއްލައަށް ބުނުމުންނެވެ.

ކޯޓުގައި ހެކި ބަސް ދިން އޭވިއޭޝަން އޮފިސަރުން ބުނީ، ޑްރަގުތައް ހުރީ ފަސީހުގެ ޖިންސު ދަށުން ލައިގެން ހުރި ސޯޓަކާއެކީ، ފައިގެ ފަލަމަސްގަނޑުގައި ޑަކްޓް ޓޭޕު އަޅާ ބަނދެފަ ކަމަށެވެ. އޭނާގެ ކޮންމެ ފައެއްގައި އޮޅާފާ ހުރި ޓޭޕުގަނޑުގެ ދަށުގައި ފަސް ދަޅާއި ރަބަރު ޕެކެޓެއް އޮތެވެ.

ފުލުހުން ބުނީ ފަސީހު ގައިގައި ބަނދެފައި ހުރި 10 ދަޅުގައި، 252.1 ގްރާމު ކެނެބިސް ހުރި ކަމަށާއި ދެ ރަބަރު ޕެކެޓުގައި، 25.5 ގްރާމު ޑައިމޯފިން ހުރި ކަމަށެވެ. މި ދެ ބާވަތުގެ ބަރުދަން ވެސް ޓްރެފިކިން މިންގަނޑަށް ފެތެ އެވެ. 

ޝަރީއަތުގެ މަރުހަލާފައި ފަސީހުގެ ވަކީލުން ވަނީ އެއީ މީހަކު އޭނައަށް މަޖުބޫރުކޮށްގެން ކުރި ކަމެއް ކަމަށާއި، އޭނާއަކީ ހިއުމަން ޓްރެފިކިން ވިކްޓިމްއެއް ކަމަށް ބުނެ ދިފާއު ނަގާފަ އެވެ. ނަމަވެސް ގާޒީ ނިންމީ، އެކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އާއި ތަހުގީގުގައި ހަނުހުރެފައިވާތީ އެ ދިފާއުއަށް ބުރަދަނެއް ދެވެން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox