ފްލައިދުބާއީގެ ޕައިލެޓަށް ހަމަލާދިނީ ބޯޓުގައި އޮތް ހާއްސަ ކޯރާޑިން: ޔޫއޭއީ

Oct 3, 2026, 6:40 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފްލައިޑުބާއީ އެއާލައިންގެ ކޯ-ޕައިލެޓަކު، މި ހަފުތާގެ ކުރީކޮޅު ކުރި ދަތުރެއްގެ ތެރެއިން ކޮކްޕިޓްގައި އޮންނަ ކްރޭޝް އޭކްސް (ކޯރާޑި) ބޭނުންކޮށްގެން ޕައިލެޓަށް ހަމަލާދީ، "ޓެރަރިސްޓް އަމަލެއް ހިންގަން މަސައްކަތްކޮށްފައިވާ" ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އެ ގައުމުގެ ދައުލަތުގެ މީޑިއާ، ވޭމްއިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އަލް ޝަމްސީ ވިދާޅުވީ މިދިޔަ ބުދަ ދުވަހު ދަތުރުކުރި އެފްޒެޑް1073 ފްލައިޓުގައި ހަމަލާދިން ކޯ-ޕައިލެޓް ވަނީ ބޯޓުގެ ކޮންޓްރޯލް އަތުލަން މަސައްކަތް ކޮށްފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ހުރިހާ ސަބަބުތަކާއި، އެކަމުގެ ފަހަތުގައިވާ މަގުސަދުތަކާއި، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަން ދެނެގަތުމަށް ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ފަންނީ ތަހުގީގުތައް ފުރިހަމަކުރުމާއި، ފިޒިކަލް އަދި ޑިޖިޓަލް ހެކިތައް ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

އަލް ޝަމްސީ ވިދާޅުވީ، މި މައްސަލައިގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ނިމުނުހާ އަވަހަކަށް ތަހުގީގުގެ ފައިނަލް ނަތީޖާ އާންމުކުރާނެ އެވެ.

ކްރޭޝް އޭކްސް އަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޯޓުގެ ބައެއް ބައިތައް ކަފާލައިގެން ނުކުމެވޭނެ ގޮތް ހެދުމަށްޓަކައި ކޮކްޕިޓްގައި ބާއްވާ ކޯރާޑިއެކެވެ.

ޖުމްލަ 174 މީހުންނާއެކު ޔޫއޭއީގެ ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި މި ފްލައިޓުގައި، ނަން ހާމަކޮށްފައިނުވާ ކޯ-ޕައިލެޓް ވަނީ އިންޑިއާގެ ޕައިލެޓެއް ކަމަށްވާ ސްމިތު މަޗާރަށް ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ.

މި ހަމަލާއާ ގުޅިގެން ބޯޓު ކޮންޓްރޯލުން ނެއްޓި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 17,000 ފޫޓު (5,180 މީޓަރު) ތިރިއަށް ވެއްޓުނެވެ. ނަމަވެސް، ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ބޯޓުގެ ކޮންޓްރޯލް އަލުން އަތުލާފަ އެވެ.

މި ހާދިސާއާ ގުޅިގެން ފްލައިޓްގެ މިސްރާބު ބަދަލުކޮށް، ސައުދީ އަރަބިއްޔާގެ ހުޅަނގު އުތުރުގައި އޮންނަ ތަބޫކްގެ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ކުއްލި ހާލަތުގައި ޖައްސާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

ރަޝިއާގެ ދިފާއީ މައުލޫމާތުތަކެއް ޖަޕާނަށް ހޯދައިދީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާގެ ސަކާލިންއިން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޫރިލް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، ޖަޕާނު ސަރުކާރުން ދަނީ މިކަމުގެ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

އެއާޕޯޓަށް ހަމަލާދިނީ އިންޒާރުގެ މެސެޖު ހުއްޓާލާފައި އޮއްވާ

ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ޒަހަމްވިއިރު، މި ހަމަލާތަކުގެ ކުރިން ސައުދީ ސަރުކާރުން އާންމުންނަށް ދެމުންދިޔަ އިންޒާރުގެ މެސެޖުތައް ފޮނުވުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޒާރު ނުދީ ހަމަލާތައް ކުރިމަތިވުމުން ސައުދީގެ ސަލާމަތީ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ގައުމުގެ ހާލަތު އާންމުކޮށް އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

Newsletter

Get the latest news delivered straight to your inbox