މަކަރުހެދިކަމަށް ތުހުމަތުވާ މައްސަލައިގައި މެންޗެސްޓާ ސިޓީން އެޕީލްކޮށްފި

Oct 3, 2026, 6:00 AM
މެންޗެސްޓާ ސިޓީގެ ދަނޑު، އިއްތިހާދު ސްޓޭޑިއަމް: ސިޓީން މާލީ ކަންކަމުގައި މަކަރު ހެދިކަމަށް ސާބިތުވެފައިވާ މައްސަލަތަކުގައި ގިނައީ ކޮންޓްރެކްޓްތަކުގެ އަގު އޮޅުވާލުމުގެ ކަންކަން.

މެންޗެސްޓާ ސިޓީގެ ދަނޑު، އިއްތިހާދު ސްޓޭޑިއަމް: ސިޓީން މާލީ ކަންކަމުގައި މަކަރު ހެދިކަމަށް ސާބިތުވެފައިވާ މައްސަލަތަކުގައި ގިނައީ ކޮންޓްރެކްޓްތަކުގެ އަގު އޮޅުވާލުމުގެ ކަންކަން.

މެންޗެސްޓާ (އޮކްޓޫބަރު 3) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެ، ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ދައުވާގެ ކަންކަން ނުވަ އަހަރު ވަންދެން ބެލުމަށް ފަހު، ސިޓީގެ މައްޗަށް ހުރިހާ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމި ނިންމުމާ ދެކޮޅަށް ސިޓީން އެޕީލްކޮށްފި އެވެ. 

ސިޓީ އަށް އެޕީލްކުރަން ދީފައި އޮތް މުއްދަތު އޮތީ މިއަދުގެ ނިޔަލަށެވެ. އެކަމަކު، ސިޓީން ވަނީ އިއްޔެ ނެރުނު ބަޔާނެއްގައި އެ ކްލަބަށް ލިބިފައިވާ އިސްތިއުނާފް ކުރުމުގެ ހައްގުގެ ބޭނުންކުރަން ނިންމައި އެ ގޮތަށް އަމަލުކުރަން ފަށާފައިވާކަން ހާމަކޮށް ސިޓީން ވަނީ ބަޔާނެއް ނެރެފަ އެވެ. ސިޓީން ބުނީ، އެ ކްލަބުން ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައިނުވާ ކަމަށާއި އެކަން ސާބިތުކޮށްދޭނެ ކަމަށެވެ. 

ނޮވެމްބަރު 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީއަގަލް އިން ވަނީ ފުޓްބޯލް ލީކްސްގެ ނަމުގައި ސިޓީގެ މި މައްސަލަތަކުގެ ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އެއާ އެކު، 2019 ވަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ރަސްމީކޮށް ސިޓީގެ މައްސަލަތައް ބަލަން ފެށި އެވެ. އެ އަހަރު މެއި މަހު ސިޓީން ވަނީ ނޫހަކުން އާންމުކުރި މި ފަދަ ލިޔެކިޔުންތަކެއްގެ މައްސަލަ ޔުއެފާ އިން ބަލާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، އެޕީލް ކުރަން ވެސް ވަގުތުން ހުށަހެޅި އެވެ. 

ސިޓީން ހުށަހެޅި އެޕީލާ ދެކޮޅަށް ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަޔާނެއް ނެރެފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ބޭރުކޮށް، 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އެކަމަކު، އެ އަހަރު ޖުލައި މަހު ސިޓީން ވަނީ ކާސް މެދުވެރިކޮށް ޔުއެފާގެ އެ ނިންމުމާ ދެކޮޅަށް އެޕީލް ކާމިޔާބުކޮށްފަ އެވެ. 

ކާސްގެ އެ ނިންްމުމުގެ އެއް އަހަރު ފަހުން، ޕްރިމިއާ ލީގުން ވަނީ، 2021 ވަނަ އަހަރު ޖުލައި މަހުގައި ސިޓީގެ މި މައްސަލަތައް ބަލަން ފަށައިފަ އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު، ޑިއާ ސްޕީއަގަލް އިން ވަނީ ސިޓީގެ މާލީ ގޯސްތަކުގެ އިތުރު ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އަދި، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޕްރިމިއާ ލީގުން ވަނީ ސިޓީން މާލީ ގޮތުން އޮޅުވާލައި، މަކަރު ހެދި ކަމުގެ 115 މައްސަލައެއްގައި ސިޓީއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފަ އެވެ.

އޭގެ ފަހުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ޕްރިމިއާ ލީގާއި ސިޓީން ވަނީ 10 ހަފްތާގެ އަޑުއެހުންތަކެއް މި މައްސަލައިގައި ފަށައިފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އޭރު ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ ވަނީ މަހެއްހާ ދުވަސްތެރޭ، 115 މައްސަލައިގައި ސިޓީއާ މެދު އަޅާ ފިޔަވަޅެއް އެނގިގެންދާނެ ކަމަށް. ބުނެފަ އެވެ. އޭގެ އެއް އަަހަރު ފަހުން، މިދިޔަ ޖޫން މަހު ގާޑިއޯލާ ވަނީ 10 އަހަރަށް ފަހު ސިޓީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. 

ތަހުގީގަށް ފާހަގަކުރެވުނު ސިޓީގެ 115 މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ 54 މައްސަަލަ އާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ 14 މައްސަލަ އާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަ އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ 7 މައްސަލަ އެވެ.

ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި 35 މައްސަލަ އެވެ.

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ.

އޭގެ ފަހުން، މަންސޫރުގެ ލީޑަޝިޕްގެ ދަށުން، ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމުުގައި، ކުންފުންޏެއް ހަދައި، އެ ކުންފުނިން ދުނިޔޭގެ އެކި ބައްރުތަކުގައި އަންނަނީ ޓީމު ހިންގަމުންނެވެ.

ސިޓީ އަށް އަޅާނެ ފިޔަވަޅުތަކެއްގެ ގޮތުގައި މީޑިއާގައި ދެކެވޭ ވާހަކަ އަށް ބަލާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox