ސާބިއާ ބަލިކޮށް ކްލޮޕަށް ޖަރުމަނާ އެކު ފުރަތަމަ މޮޅު

Oct 2, 2026, 9:18 AM
ރޭގެ މެޗުގައި ސާބިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ފްލޯރިއަން ވާޓްޒް އުފާފާޅުކުރަނީ.

ރޭގެ މެޗުގައި ސާބިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ފްލޯރިއަން ވާޓްޒް އުފާފާޅުކުރަނީ.

މިއުނިކް (އޮކްޓޫބަރު 2) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ ސާބިއާ އަތުން 2-0 އިން ކުރިހޯދައި، ޔާގަން ކްލޮޕް ޖަރުމަނު ކޯޗަކަށް ހުރެ ފުރަތަމަ މޮޅު ހޯދައިފި އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހު ޖަރުމަނު ކޯޗުކަމުން ވަކިކުރި ހޫލިއަން ނާގަލްސްމަންގެ ބަދަލުގައި ގެނައި ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕާ އެކު، ޖަރުމަނުން ކޮންޓްރެކްޓް ހެދީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ކްލޮޕްގެ ކޯޗުކަމުގައި ޖަރުމަނުން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ނެދަލެންޑްސްއާ އެއްވަރުވިއިރު، ގްރީސް އަތުން ވީ ބައްޔެވެ. 

އޭގެ ފަހުން، ރޭ ޖަރުމަނުން ނުކުތީ ސާބިއާއާ ދެކޮޅަށެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބު ހޯދީ ކޮންމެ ހާފެއްގައި ވެސް ގޯލެއް ޖަހައިގެންނެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ޖަރުމަނަށް ލީޑުނަގައިދިނީ 39 ވަނަ މިނިޓްގައި ޓޮމް ބިޝޮފް އެވެ. އެއް ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި ޖަރުމަނުން ދެ ވަނަ ހާފުގެ 16 ވަނަ މިނިޓްގައި ދެ ވަަނަ  ލަނޑު ޖެހި އެވެ. މި ލަނޑު ކާމިޔާބުކުރި ވްލޯރިއަން ވާޓްޒް އެވެ. އޭނާ އަށް ލިބުނު ބޯޅަ ހަމަޖެހިލައިފައި ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ. 

Advertisement

މި މެޗުގައި ޖަރުމަނަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވިދިޔަ އެވެ. މި މެޗުގައި ސެލްޓިކް މިޑްފީލްޑަރު، މިކާ ބޯރް އަށް ވަނީ މުޅިން އަލަށް ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. އޭނާ އަކީ ޖަރުމަނު ގައުމީ ޓީމުން ފުރުސަތު ލިބުނު 1000 ވަނަ ކުޅުންތެރިޔާ އެވެ. 

ނޭޝަންސް ލީގުގެ މި ގްރޫޕްގެ އަނެއް މެޗުން ނެދަލެންޑްސް އިން ވަނީ ފަހަތުން އަރައި 2-2 އިން ގްރީސްއާ އެއްވަރުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު، ގްރީސް އިން ފުރަަތަމަ ހާފު ނިންމާލީ ދެ ގޯލުން ކުރީގަައި އޮވެގެންނެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ، މެޗުގެ 23 ވަނަ މިނިޓްގައި ފޯޓިސް އިއޮނީޑީސް އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގްރީސް އިން ލީޑުފުޅާކުރި ލަނޑު ޖެހީ، ޖިއޯޖިއަސް މަސޫރާސް އެވެ. 

ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި ކުޅޭ ނެދަލެންޑްސް އިން އުންމީދެއް ހޯދީ 59 ވަނަ މިނިޓްގައި ވާޖިލް ވެން ޑައިކް ޖެހި ލަނޑުންނެވެ. އަދި، މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް، 89 ވަނަ މިނިޓްގައި ނެދަލެންޑްސް އިން އެއްވަރުކުރީ ޓިޖާނީ ރައިންޑާސް ޖެހި ގޯލުންނެވެ.

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ދެން މި ގްރޫޕްގައި އޮތީ ގްރީސް އިން ޖަރުމަނާ ކުޅޭ މެޗާއި ނެދަލެންޑްސް އިން ސާބިއާއާ ބައްދަލުކުރާ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox